ޕަވަންދީޕް އާއި އަރުނިތާގެ ޝޯވ ގެ ޓިކެޓް ވިކަން ފަށައިފި

ޕަވަންދީޕް އާއި އަރުނިތާގެ ޝޯވ ގެ ޓިކެޓް ވިކަން ފަށައިފި

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2023 04:19
0

އިންޑިއާގެ ރިއަލިޓީ ޓިވީ ޝޯވް "އިންޑިއަން އައިޑޮލް" ގެ މަގުބޫލު ދެ ތަރިން ކަމުގައިވާ ޕަވަންދީޕް ރަޖަން އާއި އަރުނިތާ ކަންޖީލާ ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯވ ގެ ޓިކެޓް ވިކަން ފަށައިފިއެވެ.

"އިންޑިއަން އައިޑަލް" ސީޒަން 12  ގައި ވާދަކޮށް ކާމިޔާބުކުރި ޕަވަންދީޕް އާއި އެ ޝޯގެ ފަސްޓް ރަނާއަޕް އަރުނިތާގެ ޝޯވ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގައި ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައިއެވެ.

"ޓުއާނިވަލް" އިން އިންތިޒާމްކޮށްގެން، "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ އެ ޝޯގެ އާއްމު ޓިކެޓެއް 80ރ. ހުރި އިރު، ފަސްޓް ކްލާސް ޓިކެޓެއް ލިބެނީ 150ރ. އަށެވެ. މީގެ އިތުުރުން ވިއައިޕީ ޓިކެޓެއްގެ އަގަކީ 500ރ. އެވެ. ނަމަވެސް ވީއައިޕީ ޓިކެޓް ކުރީ ވަރަށް މަދުން ކަމަށް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Tournival (@tournivalofficial)

 

އެ ދެ މީހުންނާ އެކު "މޯލްޑިވިއަން އައިޑަލް" ގެ ބައެއް އެހެން ތަރިން ވެސް މި ޝޯވ ގައި ޕާފޯމް ކުރާނެ ކަމަށާއި، އަދި  ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ލަވަކިޔުންތެރިން ވެސް މި ޝޯވގައި ފެންނާނެ ކަމަށް ވެއެވެ.

ޕަވަންދީޕާއި އަރުނިތާ އަކީ 2021ގެ އިންޑިއަން އައިޑަލް އިން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ، އަދި އޭގެ ފަހުން ވެސް އިންޑިއާގައި މަގުބޫލުކަން ހޯދަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.