އެމްޑީޕީން މިހާރު ކުޑަކޮށްވެސް ދައްކާ ވާހަކައަކާއި، އަމަލަކާއި ދިމައެއް ނުވޭ: އީވާ

އެމްޑީޕީން މިހާރު ކުޑަކޮށްވެސް ދައްކާ ވާހަކައަކާއި، އަމަލަކާއި ދިމައެއް ނުވޭ: އީވާ

ގުޅުންހުރި

އެމްޑީޕީން މިހާރު ކުޑަކޮށްވެސް ދައްކާ ވާހަކައަކާއި، އަމަލަކާއި ދިމައެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ މަޖިލީހަށް ހުށަހެޅުނު މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާ ތެރިކަމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. އީވާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަނީ އިންސާނީ ހައްގުތަކާއި ވަޒީފާގެ ބިރާއި ނަފްރަތުން ސަލާމަތްކޮށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށްކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުން ވަޒީފާގެ ބިރާއި ނުފޫޒު ފޯރުވަމުންދާތަން ކަމަށެވެ.

އެމްޑީޕީން މިހާރު ކުޑަކޮށްވެސް ދައްކާ ވާހަކައަކާއި، އަމަލަކާއި ދިމައެއް ނުވޭ. އެއްކޮޅުން މި ޤާނޫނު ހުށަހަޅަނީ މަސައްކަތްތެރިންގެ ހައްގު ހިމާޔަތް ކުރަންޖެހޭނެއޭ ވެރީންނަށް މަސައްކަތްތެރިންނަށް ބާރު ފޯރުވިގެން ނުވާނެއޭ އެމީހެއްގެ ފިކުރަކާއި ގުޅިގެން. އަނެއްކޮޅުން ނިމިގެން މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ސީދާ ދިމާ އިދިކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަން ކުރެއްވީ.

– އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސަރުކާރުގެ މުވައްޒިފުންނަށާއި، ކުންފުނިތަކަށް ރައީސް ޞާލިހުގެ ސީދާ ނުފޫޒު މިއަދު އިންތިހާއަށް އެބައޮތް ކަމަށެވެ. ރައީސް ޞާލިހަށް ތާއީދު ނުކުރާނަމަ ވަޒީފާގެ ބިރު ރައީސުލްޖުމްހޫރިއްޔާ ދެއްވަމުންދާކަމަށް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިރު ދައްކައިގެން ވަގުފައިސާ ބެހުމަކީ އެމްޑީޕީގެ އާންމު ކަމަށް ވެފައިވާކަމަށެވެ.

އެމްޑީޕީގެ ވެރިކަމަށް 4 އަހަރު ވީ މިސަރުކާރުން ހާސިލް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަން ސަރުކާރުގައި އިންތިހާއަށް އޮތްއިރު، މިއަދު ފެނިގެންދަނީ ނުފޫޒާއި ބާރުން ކަންކަން ކުރާތަންކަމަށެވެ. އެމްޑީޕީގެ އަސާސާއި ސަގާފަތަކީ މިހުރިހާ ކަމަކާއި ދުރު ކަމަށްވާއިރު ފެނިގެންދަނީ ވައްކަމާއި، ކޮރަޕްޝަނާއި، ނުފޫޒަކީ މިއަދު ސާފު އެއްޗަކަށް ވެފައިވާކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީގެ އެކި ސްލޮޓްކުގައި ވަޒީފާތައް އަދާކުރާ ބޭފުޅުންތިއްބެވި ވަޒީފާތަކީ އެމްޑީޕީ މެމްބަރުން ދިން ވަޒީފާތަކެއް ކަމަށެވެ. މަޤާމުގެ ހައިސިއްޔަތުން އެމްޑީޕީގެ މެމްބަރުންނަށް ބިރު ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އީވާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. އީވާ މެންމިހާރުތިތެޅެނީ ބޭބެފުޅައް ވެރިކަން ނުލިބިދާނޭތީ ތިޔަތެޅިފޮޅެނީ ދެންދުވަހަކުވެސް ތިޔަ ނަސޯރައިންނަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ ތީ ދެފުއްކެހެރިން

  2. އާއެކޭ ތިޔަ އުޅޭ ކޮންމެސް ފިކުރެއްގެ ދެތިން ކެނައިން ދައްކާވާހަކަ ކުޑަކޮށްވެސް ދިމައެއް ނުވޭ! އެއީ އެމްޑީޕީ ހެނެއް ހިއެއްވެސް ނުވޭ!

  3. އެންމެބޮޑަށްދިމާވަނީނަޝީދުކުރިންދެއްކިވާހަކައާމިހާރުދައްކާވާހަކައާއިކުރާއަމަލުތައް

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ