ޒީ5 އިން މިހާތަނަށް ގެނެސްދޭ އެންމެ ބޮޑު އޮރިޖިނަލް ސީރީޒް ކަމަށްވާ ތާޖް – ޑިވައިޑް ބައި ބްލަޑް އިއުލާނުކޮށްފި އެވެ.
"ތާޖް – ޑިވައިޑް ބައި ބްލަޑް" އަކީ މުގަލް އެމްޕަޔަރުގެ ޝަރަފުވެރި ޗެމްބަރުތަކުގައި ހިނގަމުން ދިޔަ އެތެރޭގެ މަސައްކަތްތަކާއި ސަކްސެޝަން ތަކުގެ ޑްރާމާގެ ހިތްގައިމު ވާހަކައެކެވެ.
މުމްބާއީގައި މި ޝޯ އިއުލާނުކުރީ މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި ރީތި ބަތަލާ އަދިތީ ރާއޯ ހައިދަރީ އާއި އާޝިމް ގުލާޓީ، ތާހާ ޝާހް، ޝުބަމް ކުމާރު މެހެރާ އަދި ވަރަށް ހުނަރުވެރި ސަންދިޔާ މިރުދުލް އާއި އެކުގައި ބެއްވި އިވެންޓެއްގައިއެވެ.
ތާޖްގައި ދައްކުވައިދެނީ އަކްބަރު ރަސްގެފާނުގެ ރަސްކަން ކުރެއްވި ގޮތާއި އޭގެ ފަހުން އައި ޖީލުތަކުގެ ކުރިއެރުމާއި ވެއްޓުމާއި، މި ބޮޑު ދަރިކޮޅުގެ ރީތިކަމާއި އަނިޔާވެރިކަމާއި، ފަންނުވެރިކަމާއި ޅެންވެރިކަމާއި އާކިޓެކްޗަރއަށް އެމީހުންގެ ޝައުގުވެރިކަން ދައްކުވައިދޭ، އަދި ހަމައެއާއެކު، އަމިއްލަ ޢާއިލާއާ ބެހޭގޮތުން، ވެރިކަން ހޯދުމުގައި، އެމީހުން އެމީހުންގެ ތެރޭގައި ރޭވި ރޭވުންތަކެވެ.
"ތާޖް ބައި ބްލަޑް" ގެ ކާސްޓުންގެ ތެރޭގައި އަކްބަރު ރަސްގެފާނުގެ ރޯލުން "ނަސީރުއްދީން ޝާހް،" ފެނިގެންދާއިރުގައި އަނާރްކަލީގެ ރޯލުން" އަދިތީ ރާއޯ ހައިދަރީ،" ޕްރިންސް ސަލީމްގެ ރޯލުން "އާޝިމް ގުލާޓީ"، ޕްރިންސް މުރާދުގެ ރޯލުން "ތާހާ ޝާހް،" ޕްރިންސް ދާނިޔާލްގެ ރޯލުން "ޝުބަމް ކުމާރު މެހެރާ"، ރާނީ ޖޯދާ ބާއީގެ ރޯލުން "ސަންދިޔާ މިރުދުލް،" އަދި ރަދްމެންދުރާ "ޝެއިހް ސާލިމް ކްރިޓީ" ގެ ރޯލުން ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ