އަނެއްކާވެސް ޖޭޕީގެ ލީޑަރަކަށް ޤާސިމް ހޮވިއްޖެ

އަނެއްކާވެސް ޖޭޕީގެ ލީޑަރަކަށް ޤާސިމް ހޮވިއްޖެ

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2023 10:01
0

ހަތަރުވަނަ ދައުރަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަގާމަށް ޤާސިމް އިބްރާހީމް ހޮވިއްޖެއެވެ.

ޖޭޕީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރުކަމުގައި ހުންނަވާ ޤާސިމް މިފަހަރުވެސް ހޮވުނީ ވޯޓަކާ ނުލައެވެ. އެއީ އެއްވެސް މީހަކު ޤާސިމާ ވާދަ ނުކުރުމުންނެވެ. މިފަހަރުވެސް ލީޑަރަކަށް ކުރިމަތިލެއްވީ ޤާސިމް އެކަންޏެވެ.ވޯޓަކަ ނުލައި ޤާސިމް ހޮވުމާއެކު މިހާރުވަނީ ޖޭޕީގެ އުސޫލުތައް އޮންނަގޮތުން ޤާސިމް އިންތިޚާބުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް އެޕާޓީގެ ކޮންގްރެސްގައި ދެން މިކަމާމެދު ގޮތެއް ނިންމުމެއް ނޯންނާނެކަމަށް އެޕާޓީން ބުނެއެވެ. 

ލީޑަރުކަމަށް ވާދަވެރިކަމެއް ނެތަސް އެޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގެ ވާދަވެރިކަން ވަރަށްބޮޑެވެ. އެ މަގާމަށް ޖުމްލަ 12 ބޭފުޅަކު މިފަހަރު ކުރިމަތިލައްވާފައިވެއެވެ.

ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވާނީ ހަތަރު ބޭފުޅުންނެވެ. މިމަގާމަށް ކުރިމަގިލެއްވި ޖުމްލަ 12 ބޭފުޅުންނަކީ:

1.މިހާރުގެ ނާއިބު ލީޑަރު އަމީން އިބްރާހިމް

2.ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

3.މިހާރުގެ ނާއިބު ރައީސް އަހުމަދު ސައުދު

4.ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ

5.ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް

6.ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް

7.ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު

8.މިހާރުގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން

9.ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހްމަދު މުހައްމަދު (ހަނަފީ)

10.އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު

11.ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް

12.ޔަޝްފާ އަބްދުލްޣަނީ

ޖޭޕީގެ ކޮންގްރެސް އޮންނާނީ މި މަހުގެ 24އާއި 25ގައި ދަރުބާރުގޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.