ސައުތުގެ ސްޕަސްޓާރު ޕްރަބާސް އަދި ބޮލީވުޑްގައި ރަނިކަން ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަދުކޯން އެކުގައި ކުޅެމުން އަންނަ ފިލްމް އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ވަގުތީ ނަމެއްގެ ގޮތުގައި "ޕްރޮޖެކްޓް ކޭ" ގެ ނަން ދީފައިވާ މިފިލްމް އަކި ދެތަރިންވެސް އެކުގައި ފެނިގެންދާނެ އަލަތު ފިލްމްއެވެ. މި ފިލްމް ގެ ޕޯސްޓަރު ދީޕިކާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
މިހާތަނަށް މި ފިލްމް އާއި ގުޅޭ މާގިން މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. ކުޑަ މިނުން ފިލްމްގެ ނަމަކީ ވެސް އަދި އަދަށްދާންދެވެސް ސިއްރެކެވެ. މި ފިލްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން އަދި އެހާމެ ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމް އެކެވެ.
ތެލެގޫ ޑައިރެކްޓަރު ނާގް އާޝްވިން ގެ މި ފިލްމްގެ ކާސްޓުގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ. މީ އެކްޝަން ގެ ވަރުގަދަ މަންޒަރު ތަކެއް ފެނިގެންދާނެ ކަމަށް ލަފާ ކުރެވޭ ފިލްމްއެކެވެ.
"ޕްރޮޖެކްޓް ކޭ" އަންނަ އަހަރުގެ ޖެނުއަރީ 1 އަށް ތާވަލުކުރި އިރު، އަންނަ އަހަރުގެ އެ މަހުގައި ދީޕިކާ ގެ އިތުރު ފިލްމް އެއްވެސް ވަނީ ތާވަލް ކޮށްފައިއެވެ. އެއީ ޖެނުއަރީ 25 ގައި ގެނެސް ދިނުމަށް ތާވަލް ކޮށްފައިވާ ދީޕިކާގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ"އެވެ.
ކޮމެންޓު ފޮނުވާ