އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަހު ބެހެއްޓުމަށް ފަހު ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދުއާ ގުޅޭގޮތުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެއެވެ. ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާ ޑީޕޯޓުކުރިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައިފައެވެ. އަދި ދިވެހި ސިފައިން މިއަދު މި ތަމްރީނުކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތްކުރި މީހަކަށް ވާތީއެވެ.
މާރިޔަގެ ވާހަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން ވަނީ މާރިޔާއަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މާރިޔާއަކީ ރާއްޖޭގެ ދިފާއީ ބާރުގެ ވެރިޔާއަށްވާއިރު އެމަޤާމުގައި ހުންނަވައިގެން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ސިޔާސަތުތަކަށް މާރިޔާއަށް އިހުތިރާމް ނުކުރެއްވުނުކަމަށެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ޕޯޑިޔަމްތަކުގައި ވާހަކަ ދައްކަވާއިރު އެއްވެސް ޚުދޫދެއްނެތި ޖެއްސުންކޮށް މަލާމާތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ހުރެ ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ.
ޔާސީ ޕޯޑިއަމެއްގައި އާންމު ދިވެހި ރައްޔިތަކަށް ހަޖޫ ޖެހުމުން ހަމައެކަނި ލަދުގަންނަވާލެވުނީ އޭނާއެއް ނޫން. މިއީ އާންމުންނަށް މާރިޔާގެ ކެރެކްޓާގެ ވަރުގަދަ ކަމާ މެދު ސުވާލު އުފެއްދޭނެ ކަމެއް. އެއީ މިނިސްޓަރަކަށް، ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކިބައިގައި ހުންނަން ޖެހޭ ބޭސިކް ކޮލިޓީއެއް.
– ޑރ. ފައިރޫޝް ޓްވިޓަރުގައި ލިޔުއްވާފައިވެއެވެ.
Unacceptable, Minister @MariyaDidi!
By mocking a Maldivian citizen at a political podium you have not humiliated the retiree but made the public question the strength of your character, which is among the basic qualities expected in a minister, especially defense minister. https://t.co/717fRexkAA
— Dr. Phairoosch (@Phairoosch) February 17, 2023
ފައިރޫޝްގެ އިތުރުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ އަލީ އިހުސާން ވެސް ވަނީ މާރިޔާއަށް ފާޑުވިދާޅުވެފައެވެ. އަދި، ޑިފެންސް މިނިސްޓަރު ކަންކަމަށް ރައްދު ދެއްވާއިރު އެއަށްވުރެ ހަރުދަނާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިޔައީ ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު. އިންޑިއާގެ ޑިފެންސް މިނިސްޓަރެއްނޫން. ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސައި ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައެއް ނުގަނެވޭ.
– އިހުސާން ލިޔުއްވާފައިވެއެވެ.
Defence Ministerah handhumafulhukoh aruvan. Thiyaee “Dhivehi Raajjeyge” Defence Minister. Indiage Defence ministereh noon. Dhivehi Raajjeyge Salaamathee Khidhumathugai Ulhuhvvi beyfulhakah hajoo Jassavai Beyruge askariyyathakah sanaa dhennevun balaeh nuganevey. https://t.co/1b9RgRDULb
— Ali Ihusaan (@ali_ihusaan) February 17, 2023
މީގެ އިތުރުން ވެސް، އެތައް ބަޔަކު ގެންދަނީ މާރިޔާގެ މި ވާހަކަތައް ކުށްވެރިކޮށް މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ދައްކަން ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.
ވާހަކަ ދެއްކުމުގައި ރިވެތި ގޮތް އިޚްތިޔާރު ކުރަންޖެހޭ. ޚާއްޞަގޮތެއްގައި ވަޒީރެއްގެ މަޤާމުގައި ހުންނަވާފައި ފުރައްސާރަކުރާ ފާޑަށް ވާހަކަ ދެއްކެވުމަކީ ވަރަށް އަދަބުކުޑަ ގޮތެއް. https://t.co/gPCQgk7NFs
— Dr.Mohamed Iyaz (@dr_iyaz) February 18, 2023
ސަމަދު ޑީޕޯޓްކޮށްލުމުން، އެއީ ގާނޫނު އަސާސީން ދިވެހީންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަނީ ކަމަށް ބުނެ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފުތާގައި ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ބަލައެއް ނުގަތެވެ.
ސަމަދު ބުނެފައިވާ ގޮތުގައި އިމިގްރޭޝަނުން އޭނާ ގެންދިޔައިރު ދޮގު ހެދި ކަމަށާއި ގެންދާ ސަބަބެއް ކަމަށް އާއިލާ އަށް އަންގާފައި އޮތީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭތީއެވެ. އޭނާ އިމިގްރޭޝަންގެ އެއާޕޯޓް އޮފީހަށް ގެންގޮސް 18 ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނާހައި އެ ތަނުގައި ބޭންދި ކަމަށް ވެސް ބުނިއެވެ. ފޯނު އަތުލައި، ކާ އެއްޗެއް ނުދީ، މާލެ ފޮނުވާލަން ދެން ވަރަށް ފިނި ކޮޓަރިއެއްގައި އޭނާ ބޭންދި ކަމަށް ވެސް ސަމަދު ބުންޏެވެ. އޭނާ ދެން އިންޑިއާއަށް ހިނގައްޖެ ނަމަ، ޖަލަށް ލާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ވެސް ސަމަދު ބުންޏެވެ.
One Response
ތިސަމަދަކީ ކިހާވަރެއްގެ ކާކު*އެންމެނ ބޮލަ ލައަގެންއުޅެން ރަނގަ ކަންކުޅަށް ކަންކުރީ