ޗައިނާއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ޗައިނާއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ގުޅުންހުރި

ރާއްޖެ އާއި ޗައިނާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭން އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރު ސޮއި ކުރިޔަސް، ކޮވިޑް-19 އާ ގުޅިގެން ޗައިނާގައި އެޅި ފިޔަވަޅުތައް އޭރު އޮތުމުން އެ އެއްބަސްވުމަށް އަމަލުކުރަން އޭރު ނުފަށައެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީމް މިއަދު ކުރި ޓްވީޓެއްގައި ވަނީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާކަަމށެވެ. އެގޮތުން ޗައިނާގެ ރައްޔިތުންނާއި އަދި ދިވެހިންނަށް އެއްގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެކަމަށް ޗައިނާ އެމްބަސީން ވިދާޅުވިއެވެ. މީގެތެރޭގައި ފަތުރުވެރިންނާ، ވިޔާފާރި އަދި އާއިލާއަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެއެވެ.

ނަމަވެސް މަސައްކަތުގައާއި، ދިރިއުޅުން ބަދަލުކުރުމާއި، ނޫސްވެރިކަން ފަދަ މަސައްކަތްތަކުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެއެވެ.

2020ވަނަ އަހަރު ކުރިމަތިވި ކޯވިޑް19ގެ ޙާލަތާއެކު، ރާއްޖެއާއި ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް ހުއްޓާލިއެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ މަހު 18އިން ފެށިގެން ޗައިނާއިން ރާއްޖޭގެ އެއަރލައިންތަކުގެ ސީދާ ދަތުރުތައް ވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ދުވަހުވެސް 198 ފަތުރުވެރިން އައިސްފައިވެއެވެ.

މި ފެށި އޮން އެރައިވަލް ވިސާއާއިއެކު އެންމެ ބޮޑު ލުއިފަސޭހައެއް ލިބޭނީ ފަތުރުވެރިންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ