"ޝެހެޒާދާ" ގެ ޓްރެއިލާވެސް ބުރްޖް ހަލީފަގައި އަޅުވައިފި

"ޝެހެޒާދާ" ގެ ޓްރެއިލާވެސް ބުރްޖް ހަލީފަގައި އަޅުވައިފި

ޒުވާން ތަރި ކާތިކް އާރިއަން ގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" ގެ ޓްރެއިލާ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ދުބާއީގެ ބުރްޖް ހަލީފާގައި އަޅުވައިފިއެވެ.

މި ފިލްމް ގެ ޓްރެއިލާ ވަނީ އިންޑިއާގެ ބައެއް މަޝްހޫރު ތަންތަނުގައިވެސް އަޅުވައިފައިއެވެ އެގޮތުން ފާހަގަ ކޮށްލެވޭ އާގަރާގެ ތާޖް މަހަލްގެ ހިތްގައިމު ބެކްޑްރޮޕްގައި، އާއި ގައުމުގެ ވެރިރަށުގައި ހުންނަ އައިކޮނިކް އިންޑިއާ ގޭޓުގައި "ޝެހެޒާދާ" ގެ ޓްރެއިލާ ވަނީ ދައްކައިލައިފައިއެވެ.

މީގެ ކުރިން ބުރްޖް ހަލިފާގައި މިހާރު ސިނަމާގައި އަޅުވައިފައިވާ ޝާހުރުކް ހާންގެ "ޕަޓާން ވެސް ވަނީ އަޅުވައިލައިފައިއެވެ. މި ފިލްމް ގެ ޓްރެއިލާ ބުރްޖް ހަލީފާގައި އަޅުވައިފައިވަނީ އައު އަހަރާ ދިމާކޮށެވެ.

މި ފިލްްމް އަކީ މިދިއަ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ ގެ އެކްޓަރު މިއަހަރު ގެ ފުރަތަމަ ފިލްމްއެވެ. ފި ފިލްމް މިމަހުގެ 17 ކަމުގައިވާ އަންނަ ހުކުރު ދުވަހުގައި ސިނަމާތަކަށް ގެންނާނެއެވެ.

"ޝެހެޒާދާ" ގައި ކާތިކް އާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ. މި ދެތަރިން މީގެ ކުރިން ވެސް ވަނި އެކުގައި މަސައްކަތް ކޮށްފައިއެވެ. މި ފިލްމް އަކީ ކާތިކް ގެ އެކްޝަން ރޯލެއް ފެނިގެންދާނެ ފިލްމްއެކެވެ. އަދި މީ ކާތިކްގެ އެކްޝަން ރޯލެއް ބަލާލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިގެންދާނެ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މި ފިލްމް އަކީ ސައުތުގެ ސްޕްހިޓު ފިލްމް "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ. އެ ފިލްމްއިން ފެނިގެންދިއައީ ސައުތުގެ މަޝްހޫރު  އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން ޕޫޖާ ހޭގްޅޭއެވެ.

ބުޝަން ކުމާރު، އައްލޫ އަރުވިންދު އަދި އަމަން ގިލް ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާރްތިކް ހަމަޖެއްސުމުން، އެ ފިލްމު ކުޅެން ކާރްތިކް ފީއެއް ނުނަގާނެ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *