ބިގްބޮސް-14ގެ ގެއިން ބައްދަލުވެ ލޯބިވެވުނު ދެ ތަރިން ކަމުގައިވާ ކަރަން ކުންދުރާ އާއި ތޭޖަސްވީ ޕްރަކާޝްގެ ޖޯޑު ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ކަރަން އާއި ތޭޖަވީ ކައިވެނި ކުރަނީ ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ކަަމަށެވެ. އެ ދެމީހުން ރައްޓެހި ވެގެން އުޅޭތާ މިހާރު ދުވަސް ގަނޑެއް ވެއްޖެއެވެ.
މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ކަރަން ބުނީ އެހާ އަވަހަށް ކައިވެނި ކުރަން ނުވިސްނާ ކަމަށެވެ. ނަމަވެސް އެމީހުން ލިވިންގ ރިލޭޝަންޝިޕް އެއްގައި އުޅެމުން އަންނަތާވެސް މިހާރު ދުވަސް ގަނޑެއް ވެއްޖެއެވެ.
ނަމަވެސް ފަހުގެ ހަބަރުތަށް ބުނާގޮތުގައި ކަރަން މިހާރު ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނިކުރާށެވެ. އެހެންވެ ޕްލޭންތައް ކުރެވި، މިހާރު ކައިވެންޏަށް ތައްޔާރަށް ހުރި ކަމަށް ރޭޑިއޯ ސިޓީ އަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ވެސް 38 އަހަރުގެ އެކްޓަރު ބުނެފައިވެ އެވެ.
ތޭޖަސްވީއާ ރައްޓެހި ވުމުގެ ކުރިން ކަރަން ވަނީ ވީޖޭ އަނޫޝާ ޑަންޑޭކަރާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އެގުޅުން ނިމުން ކަން އިއުލާން ކުރުމަށްފަހު ކަރަން ދެން ފެނިގެން ދިއައީ ތޭޖަސްވީ އާއި އެކުގައިއެވެ.
ބޮލީވުޑްގެ ބައެއް ފިލްްމް ތަށް ކަމަށްވާ "މުބާރާކަން" އާއި "ހޮރޯ ސްޓޯރީ" އާއި "1921″ ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކަރަން އަކީ ކަލާސް މިދިޔަ މަހު ހޯމަ ދުވަހުގެ ރޭ ދައްކަން ފެށި ސުޕަނެޗްރަލް ސިލްސިލާ "އިޝްގް މޭ ގާޔަލް" ގެ އެއް ލީޑީން އެކްޓަރެވެ.
މި ދެމީހުންނަކީ ވަރަށް ލޯބި ކަޕުލް އެއްގެ ގޮތުގައި ސިފަ ކުރާ ކަޕުލް އެކެވެ. ދެމީހުން އަބަދުވެސް ފނެިގެން ދަނި އެކުގައިއެވެ. އެމީޙުން ވަނީ އެކުގައި ވީޑިއޯ ލަވައެއް ވެސް ކުޅެފައިއެވެ. އަދި ބައެއް ޝޯވތަކުންވެސް ދެ ލޯބިވެރިން ވަނީ އެކުގައި ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ