"ގަދަރު 2″ ގެ މޯޝަން ޕޯސްޓަރެއް

"ގަދަރު 2″ ގެ މޯޝަން ޕޯސްޓަރެއް

މި އަހަރު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ "ގަދަރު 2″ ގެ  މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމް އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. އެ ފިލްްމް އިން ފެނިގެންދިއައީ ސަނީއާއި އެކުގައި ބަތަލާ އަމީޝާ ޕަޓޭލްއެވެ.

ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ.

 

View this post on Instagram

 

A post shared by Ameesha Patel (@ameeshapatel9)

ސީކުލް ގައިވެސް ލީޑުން ސަނީ އާއި އެކުގައި އަމީޝާ ފެނިގެންދާއިރުގައި މި ފިލްމްގެ ވާހަކަ އެނބުރެނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައިވާ ލޯބީގެ މައްޗަށެވެ. "ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ.

މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާ ކަމަށް ފިލްމް ޕްރޮޑިއުސްކުރާ ޒީ އިން ހާމަކުރެއެވެ. އުތުކަރުޝް އަކީ "ގަދަރް: އެކް ޕްރޭމް ކަތު"ގެ ޑައިރެކްޓަރ އަނިލް ޝަރްމާގެ ދަރިފުޅެވެ.

"ގަދަރް 2″ ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *