ޓިކޫ ވެޑްސް ޝެރޫ" ރިލީޒް ކުރުން ފަސްކޮށްފި

ޓިކޫ ވެޑްސް ޝެރޫ" ރިލީޒް ކުރުން ފަސްކޮށްފި

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2023 01:28
0

ވަރަށް އުންމީދީ ފިލްމް އެއްގެ ގޮތުގައި ބެލެވޭ "ޓިކޫ ވެޑްސް ޝެރޫ" ނެރުން ފަސްކޮށްފިއެވެ.

މި ފިލްމް އަކީ ލީޑުން ނަވާޒުންދީން ސިއްދީގީ އާއި އަވްނީތް ކޯރް ފެނިގެން ދާ ފިލްމްއެކެވެ. ކުރިން މި ފިލްމް ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މިއަހަރަށެވެ. ނަމަވެސް އޯޓީޓީ ޕްލެޓްފޯމް އެމެޒޯން ޕްރައިމް އިން ޕްރިމިއާ ކުރާ ފިލްމް މިއަހަރު ރިލީޒް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވަނީ ހަބަރު ލިިފައިއެވެ.

މިކަމާ ގުޅޭ ތަފްސީލްހާމަކުރަމުން ބޮލީވުޑް ހާންގާމާ އިން ބުނީ  މިއަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ބޮޑު ޕްރެސް ކޮންފަރެންސެއް ބާއްވައި 2023 ވަނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ގިނަ ޝޯތަކާއި ފިލްމުތައް އިއުލާނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލުން ފެނިގެންދާ "ޓިކޫ ވެޑްސް ޝެރޫ" އެއް ނުހިމެނެއެވެ. 

އެކަމަކު މިހާރު ނަވާޒަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާފައި ސްޓްރީމިން ޖަޔަންޓް ވަނީ މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ރިލީޒް ކުރުން ފަސްކުރުން ކަމަށް ނިންމާފައިއެވެ. އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އޭނާގެ ދިރިއުޅުމުގެ ހާއްސަކޮން ޖަވާޒީ ހަޔާތުގެ ގިނަ ވާހަކަތަކެއް މިހާރު ރަނގަޅުނޫން ގޮތުގައި ފެންމަތި ވަމުން އަންނާތީއެވެ.

އެގޮތުން އޭނާ ގެ ކައިވެނީގެ ހަޔާތުގެ ވާހަކަތަށް މި ދުވަސްކޮޅުގައި އަންނަނީ ވަރަށް ގަދައަށް ދެކެވެމުންނެވެ. އަދި މި ކައިވެނި މިހާރު އޮތީ ނިމުމުގެ މަގުމަތީގައިއެވެ. މި ކައިވެނި ނިމުމުގެ ހުރިހާ ބަދުނާމެއް އެޅިފައި ވަނީވެސް އޭނާގެ ބޮލުގައިއެވެ.

"ޓިކޫ ވެޑްސް ޝެރު" އަލުން ޝެޑިއުލް ކުރުމާ ބެހޭ ގޮތުން ރަސްމީ ކޮށް އަދި ޔަގީންކަމެއް ނުލިބޭ އިރު، މި ފިލްމަކީ ވެސް ރޮމޭންޓިކް ޑްރާމާއަކާއި ޑާކް ސެޓިއާ ފިލްމެއް ކަމަށް ބެލެވެ އެވެ. ކަންގަނާ ރަނާވަތު ޕްރޮޑިއުސްކޮށް، މަނިކަރްނިކާ ފިލްމްސްގެ ބެނާގެ ދަށުން ސައި ކަބީރު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.