މިދިއަ އަހަރު ގެެނެސްދިން ފިލްމް "ޖާޒީ" ގެ ޑައިރެކްޓަރު އަމަން ގިލްގެ ފިލްމް އެއް އެ ފިލްމްގެ ގެ ލީޑު ރޯލުން ފެނިގެންދިއަ އެކްޓަރު ޝާހިދު ކަޕޫރަށް ލިބިފައިވާ ކަމަށް މުނިފޫހި ފިލުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
"ޖާޒީ" އަކީ ހަމަ މި ނަމުގައި ނެރުނު ޓަމިލް ފިލްމް އެއްގެ ރިމޭކް އެކެވެ. މި ފިލްމް އަށް އުންމީދު ކުރިވަރުގެ ކާމިޔާބެއް ލިބިފައި ނުވި ނަމަވެސް ފިލްމް އަކީ ފްލޮޕް ކެޓަގަރީީގައި ހިމެނޭ ފިލްމްއެއް ނޫނެވެ. މި ފިލްމް އިން ޝާޙިދު ކަޕޫރު އާއި އެކުގައި ފެނިގެން ދިއައީ މުރުނާލް ޓާކުރްއެވެ.
ބޮލީވުޑްގެ ހަންގާމާއިން ބުނާގޮތުގައި އަމަން ހުށައަޅައިފައިވާ ފިލްމް އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފަށްދާ ފިލްމްއެއް ކަމަށެވެ. ނަމަވެސް މި ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ޝާހިދު މި ފިލްމް އަށް އާނ ބަސް ބުނި ކަމަކަށްވެސް އަދި މިހާތަނަށް ޔަގީން ކޮށްދީފައިއެއް ނުވެއެވެ.
ޝާހިދުގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ "ބްލަޑީ ޑެޑީ" އެވެ. ޝާހިދު ގެ އަލަތު ވެބް ސީރީޒް "ފަރްޒީ" މިހާރު އަންނަނީ ދައްކަމުންނެވެ. މި ވެބްސީރީޒް ޕްރިމިއާ ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައިއެވެ. ޖުމްލަ 8 އެޕިސޯޑް ގެނެސްދޭ މި ވެބް ސީރީޒް އަކީ ޝާހިދު އޯޓީޓީ ޕްލެޓްފޯމް އަށް ތައާރަފްވާ އެއްޗެކެވެ.
ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ "ފަރްޒީ" ގައި ކިޔައިދޭނީ އާދައިގެ ކުރެހުންތެރިޔަކު ކުށުގެ ވެއްޓަށް ހުށަހެޅި އެކަމުގެ ތެރޭގައި އޭނާއަށް ކުރިމަތިލާން ޖެހޭ ކަންކަމެވެ.