ބޮލީވުޑް ސިނަމާގެ އެންމެ ކާމިޔާބު އެއް ޖޯޑު ގޮތުގައި މަޝްހޫރު ދެ ތަރިން ކަމުގައިވާ ޝާހުރުކް ހާން އާއި ކާޖޮލް ގެ ކާމިޔާބު ފިލްމް "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" (ޑީޑީއެލްޖޭ) ހަފުތާއެއް ވަންދެން އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ސިނަމާތަކުގައި ދައްކަން ފަށައިފި އެވެ.
މި ފިލްމް އަޅުވާފައި ވަނީ މިމަހުގެ 10އެއްވީ ހުކުރު ދުވަހުގައިއެވެ. 1995 ގައި ރިލީޒްކުރި "ޑީޑީއެލްޖޭ" އަކީ ރިލީޒްކުރި ފަހުން މެދުކެނޑުމެއް ނެތި އިންޑިއާގެ ސިނަމާއެއްގައި އެންމެ ގިނަ ދުވަހު ދެއްކުމުގެ ރެކޯޑް ވެސް އޮތް ފިލްމެވެ. މި ފިލްްމް އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ.
މި ފިލްްމ ދޭތެރެ ދޭތެރެއިން ސިނަމާތަކުން އަޅުވަމުންދެއެވެ. އަދި ފިލްްމގެ ޑައިލޮގް ސީން ތަކަކީ ގިނަ ބައެއް ހިތުދަސް އެއްޗެކެވެ. ވަރަށް މަގުބޫލު މި ފިލްމް ގެ ބައެއް ސީންތަށް ރިކްރިއޭޓް ކުރުމާއި ފިލްމްގެ ލަވަތަކަށް ނަށަިއގެން އާންމުންގެ ސަމާލުކަން މިޙާރު ވެސް ގިނަ ބަޔަކު އަންނަނީ ހޯދަމުންނެވެ.
"ޑީޑީއެލްޖޭ" އަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދަރިފުޅު އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ އަލަތު ޑައިރެކްޝަނެވެ. އޭނާ ވަނީ 2000 ވަނަ އަހަރުގެ "މުހައްބަތޭ" އާއި 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" ފަދަ ފިލްްމ ތަށްވެސް ޑައިރެކްޓް ކޮށްފައިއެވެ.
އިންޑިއާގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝްން ހައުސް ކަމުގައިވާ ޔަޝް ރާޖް ފިލްމް (ވައިއާރްއެފް) އަކީ މިހާރުވެސް ކޮންމެ އަހަރަކުވެސް އެންމެ ގިނަ ފިލްމް ރިލިޒް ކުރާ އެއް ބައެވެ. ވައިއާރްއެފް އިން އެންމެ ފަހުން ގެންދިން ފިލްމް އަކީ "ޕަޓާން" އެވެ. ލީޑު ރޯލުން ޝާހުރުކް ހާން އާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ފެނިގެންދާ މި ފިލްމް އަންނަނީ ގިނަ ރެކޯޑްތަކެއް މުގުރަމުންނެވެ.
ކޮމެންޓު ފޮނުވާ