ޓީވީ ބަތަލާ ދަލްޖީތު ކޯރް ދެވަނަ ކައިވެންޏަކަށް ތައްޔާރުވެއްޖެ އެވެ.
ދަލްޖީތް ވަނީ މަގުބޫލު ޑްރާމާ ތަކެއްގައި މަސައްކަތް ކޮށްފައިއެވެ. އެގޮތުން "ކުލްވަދޫ" "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ؟" " ހައިވާން " އަދި "ސްވަރާގިނީ" ފަދަ ޑްރާމާތަށް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން އޭނާ ވަނީ ކަލާސް ޗެނަލްގެ ރިއަލިޓީ ޝޯވ "ބިގް ބޮސް" ގެ 13 ވަނަ ސީޒަންގައި ވާދަވެސް ކޮށްފައިއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ކައިވެނި ކުރަނީ އިނގިރޭސިވިލާތަށް އުފަން އިންޑިއާ ދަރިކޮޅުގެ ވިޔަފާވެރިއެއް ކަމަށްވާ ނިކިލް ޕަޓޭލް އެވެ.
އެދެމީހުންގެ ގުޅުމުގެ ވާހަކަ މިހާރު ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ރަސްމީކޮން އިއުލާން ވެސް ކޯށްފައިއެވެ. ނިކިލް އާއި ދަލްޖީތް ބައްދަލުވީ ދުބާއީގައި އޮތް ދެމީހުންގެ މިއުޗުއަލަ ރައްޓެއްސެއްގެ ޕާޓީއިން ކަމަށްވެއެވެ. އަދި އެމީހުން އެކަކު އަނެއްކަކާއި ބައްދަލުވެ ވާހަކަދައްކައި އެންމެ ފަހުން ލޯތްބަށް ބަދަލުވެ މިހާރު ދެމީހުންވެސް ތިބީ ކައިވެންޏަށް ތައްޔާރުވެގެން ކަމަށް ވެއެވެ.
މި ދެމީހުން އަންނަ މަހުގައި ކަިއވެނި ކުރާނެ ކަމަށް އިއުލާން ކޮށްފައި ވާއިރުގައި 40 އަހަރުގެ ބަތަލާ އަކީ ކުރިން ކައިވެންޏެއް ކޮށް ފައިވާ ބަތަލާއެކެވެ. އޭނާގެ ކުރީގެ ފިރިމީހާ "ބިގް ބޮސް 16″ ގެ ގައި ވާދަކުރި ޓީވީ އެކްޓަރު ޝާލިން ބެނޮޓްއެވެ. ދަލްޖީތާއި ޝާލިން 2009 ގެ ކައިވެނި ރޫޅުނީ 2015 ގަ އެވެ. އެ ކައިވެންޏަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެއީ 9 އަހަރުގެ ޖޭޑަން ކޯރް އެވެ.
އަނެއްކޮޅުން ނިކިލް އަކީވެސް މިގެ ކުރިން މީހަކާއި އިދެފައިވާ މީހެކެވެ. ނިކިލްގެ ދެ އަންހެން ދަރިން އެބަތިއްބެވެ. ދަލްޖީތް ބުނި ގޮތުގައި އެމީހުން ކައިވެންޏަށް ފަހު ލަންޑަން އަށް ދިރިއުޅުން ބަދަލުކުރަން ވަނީ ނިންމައިފައިއެވެ.
ދަލްޖީތް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2021-2022 އަށް ގެނެސްދިން "ސަސުރާލް ގެންދާ ޕޫލް 2″ އިންނެވެ.
ކޮމެންޓު ފޮނުވާ