އަނޫރާގް ބައޯޕިކް އެއް ހަދަނީ

އަނޫރާގް ބައޯޕިކް އެއް ހަދަނީ

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2023 09:17
0

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާއަށް ތައްޔާރު ވެފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

"ބްލެކް ޓައިގާ ގެ ނަން ދީފައިވާ، މި ފިލްމަކީ އެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ވަރުގަދަ ޖާސޫސީ ޝަހުސިއްޔަތު ރަވިންދުރަ ކޯޝިކްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އޭނަ ވަނީ 2001 ގައި މަރުވެފަ އެވެ.

އަނޫރާގް ބޮޑަށް މަޝްހޫރު ވެފައިވާ ވަނީ ޒާތީ ގުޅުންތަކާއި ވަރަށް މާނަ ފުން ފިލްމުތައް އުފެއްދުމަށެވެ. އެގޮތުން އޭވާ ވަނީ ވަރަށް މޮޅެތި އަދި ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިއެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

"ބްލެކް ޓައިގާ" ގެ ވާހަކަ ފުރަތަމަ ދެކެވުނީ 2021 ގަ އެވެ. މި ފިލްމް އަކީ ސަލްމާން ހާން ލީޑުން ފެނިގެންދާނެ ފިލްމް އެއް ކަމަށް ވެއެވެ. އަދި މި ފިލްމްގެ ބަތަލާ އަކީ ޔަމީ ގޯތަމް ކަމަށް ހަބަރުތަށް ބުނެއެވެ. ނަމަވެސް ފިލްްމް އާއި ގުޅޭ މާގިނަ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

'ބްލެކް ޓައިގާ" ގެ ނަން ދީފައިވާ މި ފިލްމަކީ އަނޫރާގް ޑައިރެކްޓުކުރާނެ ފުރަތަމަ ބަޔޮގްރޮފިކަލް ފިލްމެވެ. މި ފިލްމު ހަދަން އަނޫރާގް ނިންމި އިރު، އޭނަގެ އަތުގައި މިހާރު ވެސް ދެ ޕްރޮޖެކްޓެއް އެބައޮތެވެ.

އެއީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިންދި ނޯ" އާއި އެއަށް ފަހު ހަދަން ނިންމާފައިވާ "އާޝިގީ 3″ އެވެ. މި ދެ ފިލްމް އަކީވެސް މީގެ ކުރިން ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމް ތަކުގެ ސީކުއަލްއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.