ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުގެ ކިބައިން ހޯދަން ބޭނުން: ސަމަދު

ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުގެ ކިބައިން ހޯދަން ބޭނުން: ސަމަދު

Author
ހުސެއިން
13 ފެބްރުއަރީ 2023 09:01
0

ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުގެ ފަރާތުން ހޯދަން ބޭނުން ކަމަށް، އިންޑިއާއަށް ބޭސް ފަރުވާއަކަސް ގޮސް ހުއްޓާ އެގައުމުގެ ސަރުކާރުން ހައްޔަރު ކުރުމަށްފަހު ޑީޕޯޓު ކޮށްލާފައިވާ، އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓު ސަމަދު ބުނެފިއެވެ.

އާއިލާގެ މީހުންނާއެކު އިންޑިއާއަށް ބޭސް ފަރުވާއަކަށް ގޮސް ހުއްޓާ ހައްޔަރުކުރި ސަމަދު މިއަދު ޗެނަލް13އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިންޑިއާގެ އިމިގްރޭޝަނުން އޭނާ ހައްޔަރު ކުރުމަށްފަހު އޭނާއާ ދެތެރޭ ކަންތައް ކޮށްފައިވަނީ ވަރަށް އިހާނާތެރިކޮށް ކަށެވެ. އޭނާ ބުނީ އޭނާ ހައްޔަރު ކުރީ އިނގިލީގެ ނިޝާންގެ މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައިގެން ކަމުގައެވެ.

އަދި ހައްޔަރު ކުރުމަށްފަހު އާއިލާއާއި ބައްދަލު ކުރާނޭ ފުރުސަތުވެސް ދީފައި ނުވާކަމަށް ބުނަމުން ސަމަދު ބުނެފައިވަނީ، އޭނާ އިންޑިއާ ސަރުކާރުން އޭނާ ހައްޔަރުކުރީ ގަވާއިދާ ޚިލާފަށްކަމަށް އިމިގްރޭޝަންގެ އޮފިޝަލުންގެ ގާތު ބުނެފައިވާނެ ކަމަށެވެ. އަދި ހައްޔަރު ކުރުމަށްފަހު އޭނާއާއި ކުރިމަތި ކުރުވި ސުވާލުތަކަކީ، އިންޑިއާއަށް ވަތްއިރު، އެސުވާލުތައް އޭނާއާއި ކުރެވެން ވާނެކަމަށް ސުވާލުތަކެއް ކަމަށްވެސް އިންޑިއާގެ އިމިގްރޭޝަންގެ ކަސްޓަޑީގައި އޭނާ ބަހައްޓާފައި ވަނިކޮށް ބުނިކަމަށްވެސް ސަމަދު ކިޔައި ދީފައި ވެއެވެ.

ދެން ބުނީ އިތުރަކަށް ވާހަކަ ނުދައްކާށޭ، މަޑު އިންނާށޭ، އަނގަ މަޑުން ލައިގެން ހުންނާނޭ ކިޔާފަ، އެއިންގޮތަށް ބައިންދާފަ 18 ގަޑިއިރު ކޮށްފަ، އަޅުގަޑު ބުނެފިން އަޅުގަޑު ވަރަށް ބަނޑުފައިވެއޭ. ބުނިހައިރުން ބުނީ ވާހަކަ ނުދައްކާ މަޑުކުރާށޭ، ތިމަންނަމެން އެއަރލައިނާ ވާހަކަ އެބަ ދައްކަމޭ. އެއަރލައިނުން މީހަކު އައިއިރު އެރޭ ދަންވަރު ތިންގަޑި ބައިގަ މީހަކު އައީ. އައިސް އަޅުގަޑު ސުވާލުކޮށްފިން، އަޅުގަޑު ވަރަށް ބަނޑުފައި ވެގެންނޭ.. ބުނީމަ އޭނަ ހަތަރުގަޑި ބައިގަ ކާއެއްޗިހި ހިފައިގެން އައީ.

ސަމަދު ކިޔައި ދިނެވެ.

ސަމަދު ބުނި ގޮތުގައި ގަދަ ފިނީގައި އޭނާ ބާއްވާފަ އޮތީ، ފިނިން ސަލާމަތްވާނެ އެއްވެސް ފަދައެއްވެސް ނެތި ކަމަށެވެ. އަދި އޭނާއަށް ގައިގަ އޮޅާލާނެ ރަޖައެއްވެސް ލިބުނީ ކަސްޓަޑީގަ އޮތް އެފްރިކާ މީހަކު ފުރައިގެން ދިއުމުން ކަމަށާއި، ހިތުގެ ބައްޔާއި، ކޮލެސްޓްރޯލްއާއި ލޭމައްޗަށް ދިއުމުގެ މައްސަލަވެސް ހުންނައިރި، ބޭސް ނުކެވި 4 ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށްވެސް ސަމަދު ބުންޏެވެ.

ސަމަބު ބުނެފައިވަނީ އޭނާއާމެދު އިންޑިއާ ސަރުކާރުން އަމަލު ކުރިގޮތުން، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ގެއްލުން ވެފައިވާ ކަމަށާއި، ލިބުނު ހުރިހާ ގެއްލުމެއްގެ ބަދަލުވެސް އިންޑިއާ ސަރުކާރުގެ ކިބައިން ހޯދާން ބޭނުންވާ ކަމުގައެވެ.

ސަމަދު ބުނެފައިވަނީ އިންޑިއާއިން އޭނާ ހައްޔަރު ކުރި ނަމަވެސް، ރައީސް ޔާމީނަށް ތާއީދުކުރުން ހުއްޓާނުލާނެ ކަމަށާއި، ކިތައްމެ ބޮޑު އަނިޔާއެއް ދިން ކަމުގައިވި ނަމަވެސް، ޔާމީނަށް ކުރާ ތާއީދު ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ.

ޢަބްދުއްޞަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް 4 ދުވަސް ވިއިރުވެސް ވީނުވީއެއް ނޭނގި ދިޔައެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައިވެެެސްވެއެވެ. މީގެކުރިން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މީހުން އިންޑިއާގައި ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.

ޕީޕީއެމްއިން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕެއިން ކުރަނީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރަމުންދާ ކަމަށް ބުނެ, އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުސައިން
ވާންވީގޮތަށް ހަމަ ތިޔަވީ!
އ އަލީބާ
އަދިވެސް ފެލިއަރުވާ.. އިންޑިއާއިންް އައުޓް ކޮއްދިނީ...
H Hamdhaan
ޥަރަށް ދެރަ މިއީ މި ސަރުކާރުން ކުރި ކަމެއް ޢަޢި އެމްޑީޕީީ ބަޓް ޢިބޫ ކަޑަ ޢެޢް ނުން
ޙ ޙައްމާދު
ޥަރަށް ދެރަ މިއީ މި ސަރުކާރުން ކުރި ކަމެއް ޢަޢި އެމްޑީޕީީ ބަޓް ޢިބޫ ކަޑަ ޢެޢް ނުން
J Jaufar Ahmed
އިންޑިޔާއިން އައުޓުކުރީމަ ދެންކޮމްބަދަލެއްދޭންޖެހެނީ