2011 ވަނަ އަހަރު ނެރުނު ސްޕްސްޓާރު ސަލްމާން ހާން ގެ މަޝްހޫރު ފިލްމް އެއް ކަމުގައިވާ "ރެޑީ" ގެ އެންމެ ހިޓު ލަވަ ކަމުގައިވާ "ކެރެކްޓަރު ޑީލާހޭ"ލަވަ ޒުވާން އެކްޓަރު ކާތިކް އާރިޔާންގެ ކުރިއަށް އޮތް ފިލްމްގައި ހިމަނައިފިއެވެ.
މި ލަވަ އަކީ ބެލުންތެރިންގެ މެެދުގައި ވަރަށް މަގުބޫލު އަދި އެހާމެ ތަފާތު ނެށުންތަކެއް ފެނިގެންދާ ލަވައެކެވެ. ޕްރިތަމް މިއުޒިކް ޑައިރެކްޓް ކޯށްފައިވާ މި ލަވ ކިޔައިފައި ވަނީ ނީރަޖް ޝްރިދަރް އާއި އަމްރިތާ ކަކްއެވެ.
ލަވައިން ފެނިގެންދަނި "ރެޑީ" ގެ ލީޑު ރޯލުން ފެނިގެންދާ ދެ ތަރިން ކަމުގައިވާ ސަލްމާން ހާން އާއި ޒަރީން ހާންއެވެ.
ލަވަ މި ޒަމާނަށް ފައްތައި އަލުން ބަލުން އައު ކޮށްލައިގެން ގެނެސްދޭން ހަމަ ޖެހިފައިވަނި ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ޝެހެޒާދާ" ގައިއެވެ. މި ލަވައިގެ އައު ވާޝައަށް އަށް ދީފައިވާ ނަމަކީ "ކެރެކްޓަރު ޑީލާ 2.0″ އެވެ.
މި ލަވައިގައި ކާތިކް އާއި އެކުގައި ފެނިގެންދަނީ ގިނަ އަދަދެއްގެ ބެކްގްރައުންޑް އަންހެން ޑާންސާއިން ތަކެކެވެ. ވަރަށް ފޯރިގަދަ ކޮށް ޒަމާނަށް ފައތައިގެން ހަދައިފައިވާ މި ލަވަ އަކީވެސް ވަރަށް ރީތި ލަވައެކެވެ.
"ކެރެކްޓަރު ޑީލާ 2.0″ ކިޔާފައި ވަނީ އޮރިޖިނަލް ލަވަ ވެސް ކިޔައިފައިވާ ޝްރިދަރްގެ އިތުރުން ސްޓައިލް ބާއީ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމްގެ ގޮތުގައި ބެލެވިފައިވާ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ކާތިކްގެ ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 17 އަށެވެ. މި ފިލްމް އިން ކާތިކް އާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ.