ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސަވައިފިއެވެ.
ނިހާން މިމަޤާމަށް އައްޔަން ކުރީ މިއަދުއެވެ. ޖޭޕީގެ ތަރުޖަމާން އަލީ ޞާލިހު ވިދާޅުވީ އަހުމަދު ނިހާނު ހުސެއިން މަނިކު ޖުމުހޫރީ ޕާޓީގެ ލީޑަރުގެ ޢެޑްވައިޒަރު ކަމަށް މިއަދު އައްޔަންކުރައްވާފައިވާކަމަށެވެ. މިނިންމުމާއިއެކު މިއަދުން ފެށިގެން ނިހާނު އަކީ އެޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރަކަށް ނިހާން އައްޔަން ކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީ އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާ މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކޮށްފައިވަނީ މިމަހުގެ 23 އިން 26 އަށް މާލޭގައެވެ. ގައުމީ ޖަލްސާގެ ރަސްމީބައި މިމަހުގެ 24 އިން 25 އަށް ދަރުބާރޭގައެވެ. އަދި ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުވުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއިން އެކުލަވާލެވޭ އާ ކައުންސިލުންކަމަށެވެ. ކައުންސިލުން ނިންމާގޮތެއްގެ މަތީން އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ނިންމުމަށް އެޕާޓީން ވަނީ ނިންމާފައެވެ.
One Response
ނިހާނަކީ ޔާމީނުގެ ވެރިކަމުގަ ޤާސިމްއަށް އެންމެގިނަ ދުއްޕާންކޮށް ހެދިއިރު ޕީޖީ ގުރޫޕްގެ ލީޑަރ، އަދި ނިހާނުމެން ޤާސިމާ ދިމާލައް ކިޔާފަހުރި އެއްޗެތި އަދިވެސް ރެކޯޑްކުރެވިފަ އެހުރީ، ސަރުކާރު ބަދަލުވުމުން ކޮށްފަހުރި ނުރަގަޅު ކަންތަކާ ހިމްގާފަހުރި ޖަރީމާތައް ފޮރުވުމައް ޖޭޕީ ހެދީ ނިހާނުމެންގެ ނިވާފަތްގަޑަކަށް، ޤާސިމަކީ ވަރަށްއަވަހައް ކަންތައްތައް ހަނދާންނެތޭ މީހެއް، ވެރިކަން ލިބެންއޮތްގޮތަކުން ވެރިކަންލިބޭނެކަމުގެ ހުވަފެނުގަ ކޮންމެ ކަމެއްވެސް ކޮށްފާނެ