ޕާކިސްތާންގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ފަވާދް ހާން އާއި ސަނާ ސައީދް ފެނިގެންދާ ވެބް ސީރ ީޒް "ބަރުޒަހު" ބޭރުގެ ފެސްޓިވަލެއްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ސީރީޒް ގެނެސްދޭން ހަމަޖައްސައިފައިވާ 'ޒީ ޒިންދަގީ' އިން ބުނީ ސީރީޒް ޕްރީމިއާކުރަން ފުރުސަތު ލިބުނީ ފްރާންސްގައި އަންނަ މަހު ބާއްވަ ސީރީސް މާނިއާ ފެސްޓިވަލުން ކަމަށެވެ. ޝޯކޭސްގެ އިންޓަނޭޝަނަލް ޕެނޯރާމާގައި މި ސީރީޒް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ 12 ޓައިޓަލްގެ ވާދަވެރި ސެކްޝަނެއްގައި އެންމެ މޮޅު ސީރީޒް، ޑައިރެކްޓަރު، ބަތަލާ، އެކްޓަރު، ސްޓޫޑެންޓް ޖޫރީ އަދި އޯޑިއަންސް އެވޯޑަށް ޝަރުތު ހަމަވާ ގޮތަށެވެ.
މި ސިލްސިލާއަކީ އުމުރުން ދުވަސްވީ މީހަކު ލޯތްބެއް ހޯދުމުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފެމިލީ ޑްރާމާއެކެވެ. އެއީ ބައްޕައިންނާއި ދަރިންގެ މެދުގައި އިންޓަޖެނެރޭޝަނަލް ޓްރޯމާ ދެނެގަތުމެވެ. މި ވާހަކަ ފްރޭމްކޮށްފައި ވަނީ ދިރިއުޅުމާއި މަރުވުމާއި އަލުން އުފަންވުމާ ދެމެދު އުފެދިފައިވާ ފަރަގުތައް ހާމަކޮށްދޭ ސުޕަނެޗުރަލް ދިރުންތަކާއި އެހެނިހެން ދުނިޔޭގައި ހިނގާ ހާދިސާތަކުގެ ފެންޓަސްޓިކަލް ދުނިޔެއެއްގެ ތެރޭގަ އެވެ. މި ސީރީޒް ޝޫޓް ކޮށްފައިވަނީ ކަރާޗީގެ ހިތްގައިމު ވާދީތަކުގައިއެވެ.
އާސިމް އައްބާސީ ޑައިރެކްޓްކޮށްފައިވާ "ބަރުޒަހު" ގެ ލީޑުން ފެނިގެންދާ ސާނާ އާއި ފަވާދް އަކީ މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ ދެތަރިންނެވެ. އެގޮތުން ހަމް ޓީވީން ނޮވެމްބަރު 30، 2012 އިން މެއި 24، 2013 އަށް ގެނެސްދިން "ޒިންދަގީ ގުލްޒާރު ހޭ" އަކީ މިދެތަރިން އެކުގައި ފެނިގެންދިއަ އަދި ވަރަށް މަގުބޫލު ޑްރާމާއެކެވެ.
ފަވާދުގެ އާ ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، 41 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު "ދަ ލެޖެންޓް އޮފް މައުލާ ޖަޓް" އެވެ.