14 އަހަރު ފަހުން "3 އިޑިއަޓްސް" އެއްތަންވެއްޖެ

14 އަހަރު ފަހުން "3 އިޑިއަޓްސް" އެއްތަންވެއްޖެ

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2023 02:04
0

ބޮލީވުޑްގެ ބޮޑު ކާމިޔާބެއް ހޯދި ފިލްމް "3 އިޑިއަޓްސް" ގެ ލީޑުން ފެނުނު ތިން އެކްޓަރުން ކަމަށްވާ އާމިރް ހާން، އާރް މަދަވަން އަދި ޝަރްމާން ޖޯޝީ އެއްކޮށް ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މި ތިން މީހުން އެއްތަން ވެފައިމިވަނީ މިދިޔަ ހުކުރު ދުވަހު ޝަރްމާންގެ އިންސްޓަގްރާމުގައި އޭނާގެ އާ ގުޖަރާތީ ފިލްމު "ކޮންގްރެޗުލޭޝަންސް" ޕްރޮމޯޓުކުރަން، ކުރި ވީޑިއޯއެއްގައިއެވެ.

 

View this post on Instagram

 

A post shared by Sharman Joshi (@sharmanjoshi)

އެމީހުން ވަނީ 2009 ވަނަ އަހަރު ރިލީޒްކުރި ރާޖްކުމާރު ހިރާނީގެ ފިލްމު "3 އިޑިއަޓްސް" ގައި ރަންޗޯ (އާމިރު ހާން) ، ފަރުހާން (މާދަވަން) އަދި ރާޖޫ (ޝަރްމަން) ގެ މަޝްހޫރު ކެރެކްޓަރުތަކުގެ ރޯލުން ފެނިގެން ގޮސްފައެވެ. މި ފިލްމްގެ ބަތަލާ އަކީ ކަރީނާ ކަޕޫރު ހާންއެވެ.

ކާމިޔާބު ފިލްމް އަށް ފަހު ތިން ތަރިން އެކުުގައި ފެނިގެން މިދިއައީ 14 އަހަރު ފަހުންނެވެ. އެމީހުންގެ މެދުގައި ވަރުގަދަ އެކުވެރިކަމެއް އޮތް ކަން މި ވީޑިއޯއިންވެސް ވަނީ އެނގިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Sharman Joshi (@sharmanjoshi)

ވަރަށް ތަފާތު ފިލްމްއެގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަނަނަ "ކޮންގްރެޓްލޭޝަންސް"ގައި ޝަރުމާން ފެނިގެންދަނީ ބަލިވެ އިނުމަށްފަހު އަނބިމީހާއަށް ދަރިއަކު ނުލިބޭތީ ބަލިވެ އިނދެގެން އުޅޭ މީހެއްގެ ރޯލުންނެވެ.

ޝަރްމަން އެންމެ ފަހުން ފެނިފައިވަނީ 2021 ވަނަ އަހަރުގެ ހިންދީ ފިލްމު "ބަބްލޫ ބެޗްލަރ" އިންނެވެ. އާމިރު އެންމެ ފަހުން ފެނިގެންދިއައީ މިދިއަ އަހަރުގެ ނާކާމިޔާބު ފިލްމް "ލާލް ސިންގް ޗައްޑާ" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.