އިންޑިއާގެ ޓީވީ ބަތަލާ އަދި ކޮމޮލިކާގެ ނަމުން މަޝްހޫރު އުރްވަޝީ ޑޮލާންކިޔާ އެކްސިޑެންޓް ވެއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ ޝޫޓިން އަކަށް އެނާ ދިއުމުގެ މަގުމަތީގައި އެވެ. މި އެކްސިޓެންޓް ހިނގާފައިވަނީ މިރާރ ރޯޑުގައިއެވެ. ނަމަވެސް އުރްވަޝީ އަށް މިހާދިސާގައި އެއްވެސް ގެއްލުމެއް ނުލިބެއެވެ.
43 އަހަރުގެ ބަތަލާ ޝޫޓިންއަކަށް ކާރުގައި ދަނިކޮށް، ފަހަތުން އައި ސްކޫލް ބަހެއް އެ ކާރުގައި ޖެހިގެން މި އެކްސިޑެންޓް ހިގައިފައި ވީނަމަވެސް އޭނާ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިއެއް ވެސް ނުވެއެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުން ނަމަވެސް ބަސް ކޮންޓްރޯލް ނުވެ ކާރުގައި ޖެހި ފަހަތުކޮޅަށް ގެއްލުންތަކެއްވަނީ ލިބިފައިއެވެ.
ސްޓާ ޕްލަސް އިން 2001-2008 އަށް ގެނެސްދިން ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އުރްވަޝީ އެންމެ ފަހުން ފެނިފައި ވަނީ ޑްރާމާ ސިލްސިލާ "ނާގިން" ސީޒަން ހައެކުންނެވެ.
ކޮމެންޓު ފޮނުވާ