ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން، އެޕާޓީގެ ރައީސް ޔާމިން ޖަލަށްދާ ކޮންމެ ފަހަރަކު ޕާޓީގެ ހަރަކާތްތައް ފުޅާ ކުރާ ކަމަށާއި، އަދި ޔާމިން ގެއަށް ގެނައުމުން އެމީހުން ފެންނަނީ މާޔޫސްވެފައި ތިބޭތަން ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން ރައީސް ޔާމީނަށް ދޭނީ ޓިކެޓެއް ނޫންކަމަށާއި، އެ ޕާޓީގެ ލީޑަރޝިޕުން ޔާމީނަށް ދޭނީ ލަނޑެއް ކަމަށެވެ.
PPM/PNC ge leadership in RY ah dheynee ticketeh noon, ladeh.
RY jalah dhaa Konme faharaku party ge harakaithah fulhā koffa, RY geyah aeema maayoos vaa baeh.
Mihāthanah Dhivehi rayyithunah enme dhuppan jessi verikamaky RY ge aniyaveri khiyanaitheri gaumu alhuvethikuri verikan.
— Saud Hussain (@SaudVillingili) February 5, 2023
ސައުދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ މިހާތަނަށް ދިވެހި ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސި ވެރިއަކީ ރައީސް ޔާމިންގެ އަނިޔާވެރި، ޚިޔާނާތްތެރި، ގައުމު އަޅުވެތިކުރި ވެރިކަން ކަމުގައެވެ.
އިދިކޮޅު ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން ރައީސް ޔާމީނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ނުދޭނެކަމަށް ސައުދު ވިދާޅުވެފައި ވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ، ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން ޕާޓީގެ އިސް ބައެއް ބޭފުޅުން ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
އަދި، ކުރީގެ ރައީސް ޑރ. ވަހީދަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށްފަހު އެމަނިކްފާނުގެ ރަނިންގ މޭޓުކަން ރައީސް ޔާމިންގެ ކުރީގެ ރަނިންގ މޭޓް ޑރ. ޝަހީމަށް ދިނުމަށް ޕީޕީއެމްގެ އެތެރޭގައި މަސައްކަތް ކުރެވެމުން ދާކަމަށް ދޭހަވާގޮތަށް، ރޭ ބޭއްވުނު ޕީޕީއެމްގެ "ދުއްޕާން" ޖަލްސާގައި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، ދުރުން އައި އެއްވެސް ބާޒަކަށް އެޕާޓީގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށާއި، ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމުގައެވެ. އަދި ސައީދު ވިދާޅުވެފައިވަނީ، ޕާޓީގެ ލީޑަރޝިޕްގައި ހުންނަވާނީ ޕާޓީ ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި އަބުދުއްރަހީމް ކަމުގައެވެ.
ރޭގެ ޖަލްސާގައި، ޔާމިން ނެތް ހާލަތުގައި ޕާޓީ ކުރިޔަށް ދާނީ އަބުދުއްރަހީމްއާއެކު ކަމަށް މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވި ވިދާޅުވުމަކީ، ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އަބުދުއްރަހީމް ނުކުނަވާފާނޭކަން ހާމަކުރެއްވުމުގެ ގޮތުން ދެއްވި މެސެޖެއްކަމުގައިވެސް ބައެއް ފަރާތްތަކުން ސައީދުގެ މިވާހަކަ ދަނީ މޭރުން ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ