މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު ކަމުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފު އަލުން އެ ވަޒީފާ އަށް ނެރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.
އާސިފު ވަޒީފާ އިން ވަކިކުރީ، ޕްރިޒަންސް ކްލަބުގެ ރައީސްކަން ވެސް ކުރެއްވި އޭނާއާ ދެކޮޅަށް ހިޔާނާތުގެ ތުހުމަތުތަކެއް ފެންމަތިވެ، ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ކަރެކްޝަންސްގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެންނެވެ. ވަޒީފާ އިން ވަކިކުރުމުގެ ކުރިން، މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައި ބެހެއްޓި އެވެ.
އޭގެ ފަހުން، ވަޒީފާ އިން ވަކިކުރި ނިންމުމާ ދެކޮޅަށް އާސިފު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަދި އޭނާ އަށް އެ މަގާމު އަނބުރާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެ ހުކުމް ތަންފީޒުކުރުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ.
ކޮމެންޓު ފޮނުވާ