ދުވަސް ގަނޑަކަށް ފަހު އީޝާ އަނެއްކައިވެސް ބޮޑު ސްކްރީން އަށް

ދުވަސް ގަނޑަކަށް ފަހު އީޝާ އަނެއްކައިވެސް ބޮޑު ސްކްރީން އަށް

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2023 08:19
0

ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ބަތަލާ އީޝާ ޑީއޯލް އަނެއްކައިވެސް ބޮޑު ސްކްރީން އަށް އަންނަށް އަންނަން ތައްޔާރުވެއްޖެއެވެ.

އީޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމް އަކީ 2011 ވަނަ އަހަރުގެ ފިލްމް "ޓެލްމީ އޯ ހުދާ" އިންނެވެ. މި ފިލްމް ގައި އީޝާ އާއި އެކުގައި އޭނާގެ ބައްޕަ ދަރުމެންދުރާވެސް ވަނީ ފެނިގެން ގޮސްފައިއެވެ. ބޮކްސް އޮފީހުގައި ފްލޮޕް ވި މި ފިލްމް އަށް ފަހު އީޝާ ގެ ފިލްމް އެއް ރިލީޒް ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Esha Deol Takhtani (@imeshadeol)

ނަމަވެސް އީޝާ ވަނީ 2019 ވަނަ އަހަރު ކުރު ފިލްމް އަކުން ފެނިގެން ގޮސްފައިއެވެ. 2012 ވަނަ އަހަރު ވިޔަފާރީވެރިއާ ބަރަތް ތަކްޓާނީ އާއި ކައިވެނިކުރިފަހުން ވަރަށް ބޮޑަށް ފިލްމް އިނޑަސްޓްރީއާއި ފެޔަށް ޖެހިފައިވާ އީޝާ އެނބުރި އަންނަކަން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ.

2 ކުދިންގެ މަންމަ ފެނިގެންދާ ފިލްމް އަކީ  2017 ވަނަ އަހަރު ދެއްކި ފިލްމު "ބާދްޝާއޯ" ގެ ޑައިރެކްޓަރު ސަޗިން ޝަރަފް ޑައިރެކްޓު ކުރާ ފިލްމް "މެއިން" އެވެ. މި ފިލްމް އަކީ ޔޫވީ ފިލްމްސް އިން ގެނެސްދޭ އެއްޗެކެވެ. މި ފިލްމުގައި އީޝާއާއި އެކު ދެން ފެންނާނީ ފިލްމު "ކައި ޕޯޗޭ"އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު އަމިތް ސާދްއެވެ.

 

View this post on Instagram

 

A post shared by Esha Deol Takhtani (@imeshadeol)

މި ފިލްމް އަށް އިޝާ ސޮއިކުރިކަން އޭނާ ވަނީ އިންސްޓަގްރާމްގައި އިއުލާން ކޮށްފައިއެވެ. ނަމަވެސް ފިލްމް އާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމަ ކޮށްފައިއެއް ނުވެއެވެ.

އީޝާ ބޮލީވުޑްއަށް ތައާރަފްވީ 2002 ވަނަ އަހަރުގެ ފިލްމް " ކޮއި މެރެ ދިލްސޭ ޕޫޗޭ" ކިޔާ ފިލްމް އަކުންނެވެ. މިހާތަނަށް އީޝާ އަށް ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައިއެެއް ނުވެއެވެ. އިޝާ އަކީ ބޮލިވުޑްގެ ކުރީގެ ވަރަށް މަގުބޫލު ދެ ތަރިން ކަމުގައިވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދަރިއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.