ސަލްމާން އަށް އާމިރުގެ ފިލްމްއެއް

ސަލްމާން އަށް އާމިރުގެ ފިލްމްއެއް

ބޮލީވުޑްގެ ޕާފެކްޝަނިސްޓްގެ ގޮތުގައި މަޝްހޫރު އެކްޓަރު އާމިރު ހާން ޕްރޮޑުސް ކުރާ ފިލްމްއެއް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން އަށް ހުށައަޅައިފި ކަމަށް ހަބަރުތަށް ބުނެފިއެވެ.

ސަލްމާން އަށް ހުށައަޅާފައިވާ ފިލްމް އަކީ  މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އަށް ފަހު އާމިރު ކުޅެން އޮތް، ޑައިރެކްޓަރު އާރްއެސް ޕްރަސައްނާގެ ފިލްމެކެވެ. މި ފިލްމަކީ ސްޕެއިންގެ ފިލްމެއް ކަމަށްވާ 2018 ގެ "ޗެމްޕިއަންސް" ގެ ހިންދީ ރީމެކެެއް ކަމަށްވެއެވެ.

އާމިރުގެ ފިލްމު ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަނުން ގާތް އެކުވެރިއާ ލައްވައި ފިލްމްއެއް ކުޅެއް ހުށާއެޅި އިރުގައި މިދިއަ އަހަރު ރިލީޒްކުރ އާމިރުގެ ހަމަ އެކަނި ފިލްމް "ލާލް ސިންގް ޗައްޑާ" ވަނީ ފްލޮޕްވެއެވެ. މި ފިލްމް ގައި އާމިރު ފެނިގެންދިއައީ ކަރީނާ ކަޕުރު އާއިއެކުގައިއެވެ.

ފިލްްމ ފްލޮޕް ވުމުން އެކަމުގެ ހިތާމާއިގައި އާމިރު ވަނީ ފިލްމް ކުޅުމާއި ދުވަސް ކޮޅަކަށް ފެޔަށް ޖެހިލައިފައިއެވެ. އޭނާ ބުނިގޮތުގައި ފިލްމް އަށް ކުރި އުންމީދު ވިއްސި ވިހާލިވެ އޭނާ ހުރީ އެކަމުގައި ވަރަށް ބޮޑަށް އަސަރުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

މި ފިލްމް އާމިރު ނުކުޅެން ނިންމި ސަބަބީވެސް އެއެވެ. ނަމަވެސް ފިލްމް ޕްރޮޑިއުސް ކުރާނީ އޭނާ ކަމަށް ހަބަރުތަށް ބުނެއެވެ. އާމިރު ވަނީ ސައުތުގެ ފިލްްްމް އަކަށް އެއްބަސް ވެފައި ކަމަށްވެސް ހަބަރުތަށް ބުނެއެވެ.

ޗެމްޕިއަންސް" އަކީ ވަރަށް ޝައުގުވެރި އަދި ވަރަށް ފުރިހަމަ ފިލްމްއެއް ކަމަށާއި ހަމަ އެފަދައިން ރިމޭކް ވެސް ވަރަށް ފުރިހަމަ ވާނެ ކަމަށްވއެވެ. މިހާރު މިފިލްމް ގެ މަޝްވަރާތަށް އާމިރު އާއި ސަލްމާން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ފިލްމް އަށް އާނ ބަސް ސަލްމާން ބުނެފައި ނުވާކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Aamir Khan (@amirkhanactor_)

ސަލްމާންގެ ދެ ފިލްްމް އެއް މިއަހަރު ރިލީޒް ވާނެއެވެ. އެއީ ސަލްމާން އާއި ޕޫޖާ ހޭގްޅޭ އެކުގައި ފެނިގެންދާ ފިލްމް "ކިސީކާ ބާއީ ކިސީކީ ޖާން" އެވެ. އޭގެ އިތުރުން ކެޓްރީނާ ކައިފް އާއި އެކުގައި ސަލްމާން ފެނިގެންދާ ފްރެންޗައިޒް ފިލްމް "ޓައިގާ" ގެ 3 ވަނަ ފިލްމް ވެސް މި އަހަރު ވަނި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *