ސައުތުގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ އާއި އަންހެނުން ކްރިޝްނަ ޕްރިޔާ އަށް ދަރިއަކު ލިބިއްޖެއެވެ.
މީ މި ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ. އެމީހުންނަށް ލިބިފައިވަނި ފިރިހެން ކުއްޖެކެވެ. ޕްރިޔާ ވިހައިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުގައިއެވެ. އެމީހުންގެ ސޯޝަލް މީޑިއާގައި ވަނީ އެކަން އިއުލާން ކޮށްފައިއެވެ.
ދަރިފުޅު ލިބުނު ކަން އިއުލާން ކުރި އިރު އެކުއްޖާގެ ނަމެއް އަދި އެމީހުން އިއުލާނެއް ނުކުރެއެވެ. މި އާއި އެކުގައި އެދެމީހުންނަށް ތަހުނިޔާގެ މެސެޖުތަށް ވަނީ ބޮލީވުޑް އަދު ސައުތުގެ މަޝްހޫރު ތަރުންގެ ފަރާތުން ފޮނުވާފައިއެވެ.
އެޓްލީ އާއި ޕްރިޔާ ކައިވެނި ކުރީ 2014 ވަނަ އަހރުގައިއެވެ. އެދެމީހުން އަންނަނީ "އޭ ފޯ އެޕަލް" ގެ ނަމުގައި ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުންނެވެ. އެ ހައުސްގެ ދަށުން ވަރަށް ކާމިޔާބު ދެ ފިލްމް މިހާތަނަށް ވަނީ ރިލީޒް ކޮށްފައިއެވެ.
އެޓްލީ އަކީ މިހާރު ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް ނަން ހިނގާ ޑައިރެކްޓަރެކެވެ. ބޮލީވުޑްގެ ތަރި ޝަހުރުކް ހާން އަންނީ އެޓްލީ ގެ ފިލްމް އެއް ގައި މަސައްކަތް ކުރަމުންނެވެ. އެއީ އޭނާ ކުރިއަށް އޮތް ފިލްމް "ޖަވާން"އެވެ.