ވިކީ ދެން ފެންނާނީ ޑީޖޭ އެއްގެ ގޮތުގައި

ވިކީ ދެން ފެންނާނީ ޑީޖޭ އެއްގެ ގޮތުގައި

Author
ފާތިމަތު ނާވީ
31 ޖެނުއަރީ 2023 07:03
0

ހުނަރުވެރި ޒުވާން އެކްޓަރ ވިކީ ކޯޝާލް ގެ ކުރިއަށް އޮތް ފިލްމް  "އޯލްމޯސްޓް ޕިޔާރު ވިތް ޑީޖޭ މުހައްބަތް" ގައި އޭނާ ފެނިގެންދާނެ ގޮތުގެ ފޮޓޯތަކެއް އާންމު ކޮށްފިއެވެ.

ޑައިރެކްޓަރު އަނޫރާގް ކަޝަޕް ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ގެ ލީޑުން އަނޫރާގްގެ ދަރިފުޅު އަލަޔާ އެފް އާއި ކަރަން މެހެތާ ލީޑް ފެނިގެންދާ އިރު ފިލްމުގައި ޑީޖޭ މޮހައްބާތު ގެ ކެރެކްޓާ ކުޅޭނީ އެކްޓަރު ވިކީ ކޯޝާލް އެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

މިފިލްމަކީ ވިކީ އާއި އަނޫރާގް އެކުގައި މަސައްކަތް ކުރާ 4 ވަނަ ފިލްމެވެ. އަނޫރާގް ޑައިރެކްޓުކޮށްފައިވާ "މަންމަރުޒިޔާން"، "ލަސްޓް ސްޓޯރީޒް" އަދި "ރާމަން ރާގަވް 2.0″ ގައި ވިކީ ވަނީ މީގެކުރިން މަސައްކަތްކޮށްފައެވެ. މި ފަދަ ރޯލަކުން މީގެ ކުރިން ވިކީ ފެނިގެން ގޮސްފައިއެއް ނނުވެއެވެ.

ނަމަވެސް ވިކީ ފާހަގަ ކުރެވެނީ ވަރަށް ތަފާތު މޮޅު އެކްޓިން އެއް ކޮންމެ ފިލްމް އެއްގައިވެސް ދައްކާ ވަރަށް ކުޅަދާނާ އެކްޓަރެއްގެ ގޮތުގައިއެވެ. އެހެންވެ އޭނާ މި ރޯލުން ވެސް މޮޅު އެކްޓިންގ އެއް ދައްކާނެ ކަމާމެދުގައި ޝައްކެއް ނެތެވެ.

 

View this post on Instagram

 

A post shared by ALAYA F (@alayaf)

މި ރޯލަކީ ފިލްމް ގައި ވަރަށް މުހިންމު ރޯލެއް ކަމަށް ބުނެ އަނޫރާގް ބުނީ މި ރޯލަށް އެންމެ އެކަށީގެން ވާ މީހަކީ ވިކީ ކަމަށެވެ. ޝާހުރުކް ނޫން މީހަކު މި ރޯ ކުޅޭނަމަ އެމީހަކީ ވިކީ ކަމަށް ބުނެ އަނޫރާގް ވަނީ ވިކީ އަށް ވަރަށް ތައުރީފް ކޯށްފައިއެވެ.

ހަމަ އެފަދައިން ވިކީ ވެސް ބުނެފައިވަނީ މި ރޯލަކީ އޭނާ އަށ ްވަރަށް ކަމުދިއަ ރޯލެއް ކަމަށާއި ،އާނޫރާގް ފުރަތަމަ ފަހަރަށް މި ކެރެކްޓާގެ ވާހަކަ ދެއްކުމާއެކު މި ރޯލު ކުޅެން އެއްބަސްވެފައިވާ ކަމަށެވެ. ވިކީ އާއި އަނުރާގް އަކީ ވރަށް ގާތް ދެ އެކުވެރިންނެވެ.

 

View this post on Instagram

 

A post shared by Anurag Kashyap (@anuragkashyap10)

ގުޑް ބޭޑް ފިލްމްސް ޕްރޮޑަކްޝަންގެ ދަށުން ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ކުރާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

އެންނެ ފަހުން "ގޯވިންދާ މެރެނާމް" އިން ފެނިގެން ދިއަ އެކްޓަރުގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި ބައޯޕިކް ފިލްްމްއެއް ކަމުގައިވާ "ސޭމް ބާދޫރު" ، "ދަ ގްރޭޓް އިންޑިއަން ފެމިލީ"، އާއި "ތަހުތު" އަދި " ދަ އިމްމޯޓަލް އަށްވަތަމާ" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.