"ގަދަރު 2″ ގެ ޕޯސްޓަރެއް ދައްކައިލައިފި

"ގަދަރު 2″ ގެ ޕޯސްޓަރެއް ދައްކައިލައިފި

މި އަހަރު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ "ގަދަރު 2″ ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމް އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. އެ ފިލްްމް އިން ފެނިގެންދިއައީ ސަނީއާއި އެކުގައި ބަތަލާ އަމީޝާ ޕަޓޭލްއެވެ.

ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ.

 

View this post on Instagram

 

A post shared by Sunny Deol (@iamsunnydeol)

ސީކުލް ގައިވެސް ލީޑުން ސަނީ އާއި އެކުގައި އަމީޝާ ފެނިގެންދާއިރުގައި މި ފިލްމްގެ ވާހަކަ އެނބުރެނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައިވާ ލޯބީގެ މައްޗަށެވެ. "ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ. އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާ ކަމަށް ފިލްމް ޕްރޮޑިއުސްކުރާ ޒީ އިން ހާމަކުރެއެވެ.

އުތުކަރުޝް އަކީ "ގަދަރް: އެކް ޕްރޭމް ކަތު"ގެ ޑައިރެކްޓަރ އަނިލް ޝަރްމާގެ ދަރިފުޅެވެ. އަނިލް ޝަރްމާ އަކީ ޑިއޯލް އާއިލާގެ ގިނަ ފިލްމުތަކެއް ގެނެސްދީފައި ވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި “ގަދަރް” ގެ އިތުރުން ” ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި” އަދި “އަޕްނޭ” ފަހަގަކޮށްލެވެ އެވެ. އޭނާ މިހާރު އަންނަނީ ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެންނާނެ ފިލްމު “އަޕްނޭ-2″ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Utkarsh Sharma (@iutkarsharma)

"ގަދަރް 2″ ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައިއެވެ. މިދުވަހަކި ރަންބީރު ކަޕޫރުގެ "އެނިމަލް"ވެސް އެޅުވުމަށް ތާވަލް ކޮށްފައި އޮތް ދުވަހެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *