ބޮލީވުޑްގެ އައިޓަމް ގާލްގެ ގޮތުގައި މަޝްހޫރު ކުރީގެ ބަތަލާ "ރާކީ ސާވަންތް" ގެ މަންމަ މަރުވެއްޖެއެވެ.
ރާކީ ގެ މަންމަ ޖަޔާ ސާވަންތު މަރުވެފައިވަނީ އިއްޔެ ގެ ހަވީރުގެ ވަގުތެއްގައި މުމްބައިގެ ހޮސްޕިޓަލެއްގައިއެވެ. ރާކީ މަންމަ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދާތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. ޖާޔާ މަރުވެފައިވަނީ ހަށިގަނޑުގެ ގިން ގުންވަންތަކެއް ފެއިލްވެގެން ކަމަށް ރާކީ ބުނެއެވެ.
ރާކީ ވަނީ އޭނާގެ މަންމަ އެޑްމިޓްކުރި ފަހުން ވަރަށް ގިނަ އިން ޒިއާރަތް ކޮށްފައިއެވެ. އަދި މީޑިއާ އަށް އޭނާގެ މަންމަގެ ސިއްހަތު އަޕްޑޭޓްތަށްވެސް އޭނާ މިވީ ދުވަސްތަކުގައި ވަނީ ދެމުން ގެންގޮސްފައިއެވެ.
ރާކީގެ މަންމަ މަރުވުމާއި އެކުގައި ބޮލީވުޑް އިން އަންނީ އޭނާގެ މަންމަ އަށް ތައުޒިޔާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ސަލްމާން ހާން ވެސް ހިމެނެއެވެ. މީގެ ކުރިން ސަލްމާން ވަނީ ރާކީގެ މަންމަގެ ބަލީގެ ފަރުވާ އަށް ވެސް ފައިސާގެ އެހީވެސް ވެދީފައިއެވެ.
ޖާޔާ ބަލިއެނދުގައި އޮއްވައި، މީގެ މަހެއްހައި ދުވަސް ކުރިން ރާކީ ވަނީ ލޯބިވެރިޔާ އާދިލް އާއި ކަިއވެނި ކޮށްފައިއެވެ. މިހާރު ބޮޑު ސްކްރީން އިން އެއްވެސް ވަރަކަށް ނުފެއްނަ ރާކީ އެންމެ ފަހުން ފެނިގެން ދިއައީ އާދިލް އާއި އެކުގައި ކުޅުނު ލަވައަކުންނެވެ.
ކޮމެންޓު ފޮނުވާ