އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ނަޝީދު

އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ނަޝީދު

Author
ޢަލީ އާދަމް
30 ޖެނުއަރީ 2023 02:07
0

ރިޔާސީ ޕްރައިމެރީގެ ނާކާމިޔާބީއަށްފަހު އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއްވެސް އަދި އެހެން ޕާޓީއެއް ހެއްދެވުމުގެ ވިސްނުންފުޅެއްވެސް ނުގެންގުޅުއްވާކަން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދުވަނީ މިއަދު ހެންވޭރުގައި ހުންނަ ދޮންމަނިކު ސްކއި ވިއުގައި މެންދުރުގެ ކެއުމަކުން އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާފައެވެ.

ޕްރައިމެރީ އިންތިޚާބު ދިޔަގޮތާމެދު ކަންބޮޑުވުން އޮތަސް އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއްވެސް އަދި އައު ޕާޓީއެއް ހެދުމުގެ ވިސްނުމެއްވެސް ނެތްކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. އޭގެބަދަލުގއި އެމަނިކުފާނުގެ ޕްރައިމެރީ ކެމްޕެއިން ސްލީގަން "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށްދިއުމުގެ ވިސްނުން ހުރިކަން ނަޝީދު ފާޅުކުރެއްވިއެވެ.

ނަޝީދު ވިދާޅުވެފައިވަނީ އޭނާ ދެނެވަޑައިގަންނަވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީކަމަށާ، އެއީ އުވޭނެ ޕާޓީއެއް ވެސް ނޫންކަމަށާ، ބަލިވާނެ ޕާޓީއެއް ވެސް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ނަޝީދާއި އޭނާއަށް ވަފާތެރި މީހުންނަށް އިންތިޒާމު ވެވޭނެކަމަށާ، އެ ޕާޓީގެ ހިންގާ ގަވާއިދު ވެސް އެކަމަށް ޖާގަދޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.