2018 ވަނަ އަހަރުގެ ފިލްމް "ކޭޖީއެފް" އިން ވިދާލި ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑް ފިލްމަކަށް ގެންނަން ވާހަކަތައް ދެކެވެން ފަށައިފި އެވެ.
"ކޭޖީއެފް" ގެ މަގުބޫލު ކަމާއި އެކުގައި އެ ފިލްމްގެ ދެވަނ ބައެއް "ކޭޖީއެފް: ޗެޕްޓާ 2″ ގެ ނަމުގައި ވަނީ މިދިއަ އަހރުގައި ރިލީޒް ކޯށްފައިއެވެ. ކުރީ ފިލްމް އެކޭ އެއްފަދައިން އެ ފިލްމް އަވެސް ބޮޑު މަގުބޫލު ކަމެއް ވަނީ ލިބިފައިއެވެ.
މިއާއި އެކުގައި ޔާޝްގެ މަގުބޫލު ކަން މިހާރު އަންނަނި އިތުރު ވަމުންނެވެ. އޭނާ އަށް ލިބޭ ފުރުސަތުތަށް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައިއެވެ. ކޮވިޑްގެ ވަބާއިން ސަލާމަތް ވުމަށް ފަހު ބޮލީވުޑްގެ ސިނަމާތަށް ހުޅުވި ނަމަވެސް މާބޮޑޫ ކުރިއެރުމެއް ނުލިބެއެވެ. ބޮޑެތި ތަރިންގެ ފިލްމްތަށް ފްލޮޕްވެ ވަރަށް ބޮޑު ވެއްޓުމެއްގެ ތެރޭގައި އޮތްއިރުގައި މިހާރު ފިލްމް ބަލަން ވަންނާނެ މީހަކު ނުވެއެވެ.
އެއާއި އެކުގައި ބޮލީވުޑްގެ ފިލްމް ތަކުގައި ސައުތު ގެ މަޝްހޫރު ސުޕަސުޓާރުންގެ ބައެއް ހާއްސަ ފެނިލުންތަށް ގެނައުން މިހާރު ގިނައެވެ. އަދި ސައުތުގެ މަޝްހޫރު ފިލްމް ތަކުގެ ރިމޭކް ހެދުން ވެސް ވަނީ ގިނަ ވެފައިއެވެ. މީގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު ބައެއް ތަރިން ސައުތުގެ ފިލްމް ތަކުގައި މަސައްކަތް ކުރަމުން އަންނަ އިރުގައި އެކަމަށް ޝައުގުވާކަން ވަނީ ފާޅުކޮށްފައިއެވެ. ބޮލީވުޑްގެ ފިލްމް ތަކަށްވުރެ މިހާރު ޑިމާންޑް ބޮޑު ވެފައިވަނީ އިންޑިއާގެ އެހެން ބަސްތަކުގެ ފިލްމް ތަކަށެވެ. ހާއްސަކޮން ސައުތުގެ ފިލްމް ތަކަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މަދޫ މަންޓޭނާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ބޮޑު ބަޖެޓް ފިލްމު "ރާމަޔަން" ގެ ރޯލެއް ޔާޝް އަށް ހުށަހަޅައި މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. ހުރާފީ ވާހަކަ "ރާމަޔަން" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމުން ޔާޝް އަށް ހުށަހެޅީ އޭގެ އެންމެ ވަރުގަދަ ނެގެޓިވް ކެރެކްޓާ ކަމަށާއި އަދި އެއަށް ޔާޝް ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ ކަމަށްވެ އެވެ.
ފިލްމްގެ ކާސްޓާއި ބެހޭގޮތުން މިހާތަނަށް އެއްވެސް ވާހަކައެއ އަދި ދައްކައިފައި ނުވާ މި ފިލްމް މިގެ ކުރިން ރތިކް އަށް ހުށައަޅާފައި ވެއެވެ. ނަމވެސް "ވިކްރަމް ވޭދާ" ގައި އޭނާ ނެގެޓިވް ރޯލެއް ކުޅެފައިވާތީ ކާރިކާރި ނެގެޓިވް ރޯލު ކުޅެން ބޭނުން ނުވާތީ ފިލްމް ދޫކޮށްލީ ކަމަށް ވެއެވެ. ހަބަރުތަށް ބުނާގޮތުގައި "ރާމާޔަން" ގައި ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައި ވަނީ ރަންބީރް ކަޕޫރްއެވެ.
"ކޭޖިއެފް" ގެ ކާމިޔާބާއި އެކުގައި މިހާރު އޭގެ ތިންވަނަ ފިލްމްއެއްވެސް ހެދުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. މި ފިލްމްގެ ފުރަތަމަ ބައި ޔަޝްއާއި އެކުގައި ފެނިގެން ދިއައި ސިރިނިދީ ޝެޓީ އާއި ތަމަންނާ ބާޓިއާ ގެ އިތުރުން ރާމްޗައްންދުރާ ރާޖޫއެވެ. ބޮޑު ކާސްޓެއް ހިނެނޭ މި ފިލްމްގެ ސަޕޯޓިން ރޯލު ތަކުން ގިން އަދަދެއްގެ އެކްޓަރުން ފެނިގެންދިއެވެ.
"ކޭޖީއެފް 2″ އިން ޔާޝް އާއި އެކުގައި ފެނިގެން ދިއައީ ސްރިނިދީ ޝެޓީ އާއި ބޮލީވުޑްގެ މަޝްހޫރު ދެ މޫނު ކަމުގައިވާ އެކްޓަރު ސަންޖޭ ދަތް އަދި ރަވީނާ ޓަންޑަންއެވެ.
ކޮމެންޓު ފޮނުވާ