ކައިވެނިގެ ހަދިޔާ އަކަށް ބައްޕަގެ ފަރާތުން އަތިޔާ އަށް ލަގްޒަރީ އެޕްޓްމެންޓްއެއް

ކައިވެނިގެ ހަދިޔާ އަކަށް ބައްޕަގެ ފަރާތުން އަތިޔާ އަށް ލަގްޒަރީ އެޕްޓްމެންޓްއެއް

Author
ފާތިމަތު ނާވީ
29 ޖެނުއަރީ 2023 08:16
0

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި ލޯބިވެރިޔާ ކްރިކެޓް ތަރި ކޭއެލް ރާހުލް ކައިވެނި ކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގައި ހިންދޫ ދީނުގެ ސަގާފަތާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ކައިވެނި ކުރެވިގެން ދިއައީ ދެއާއިލާ އާއި ގާތް ތަހުމެތެރިންގެ ހާޒިރުގައި ވަރަށ ްކުލަގަދަކޮންނެވެ. ކަިއވެނީގެ ކުލަގަދަ ވާހަކައަށް ވުރެ ގަދައަށް ދެކެވެމުން އަންނަނީ އެމީހުންނަށް ކައިވެނީގެ އުފަލުގައި ލިބުން ހަދިޔާގެ ވާހަކައެވެ.

އެގޮތުން ލޯބިވާ ދަރިފުޅަށް ސުނިލް ކައިވެނީގެ ހަދިއާއެއްގެ ގޮތުގައި ދީފައިވަނީ ލަގްޒޫރިއަސް އެޕާޓްމެންޓެއް ކަމަށްވެއެވެ. އަދި މި އެޕާޓްމެންޓްގެ އަގު 50 ކަރޯރްގެ އަގުހުރި އެޕާޓްމެންޓެއް ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

މި ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ ސްޕަސްޓާރު އަދި ސުނިލްގެ ގާތް އެކުވެރިއާ ސަލްމާން ހާން ވަނީ 1.64 ކަރޯރްގެ އަގުބޮޑު އައުޑި ކާރެއް ހަދިޔާ ކޮށްފައިއެވެ. ސުނިލްގެ އެކުވެރި ޖެކީ ޝްރޮފް ވަނީ 30ލައްކަ ގެ އަގުބޮޑު ގަޑިއެއް ހަދިޔާ ކޮށްފައިއެވެ. އަދި ހަމައެހެންމެ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރު ވަނީ 1.5 ކަރޯރްގެ އަގުބޮޑު ޑައިމަންޑް ކެވެލިކޮޅެއް އަތިޔާ އަށް ހަދިޔާ ކޮށްފައިއެވ.

މީގެ އިތުރުން ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އިންޑިއާ ޓިމްގެ ކެޕްޓަން އަދި ރާހުލްގެ އެކުވެރި ވިރާޓް ކޯލީ ވަނީ 2.17 ކަރޯރްގެ އަގުބޮޑު ބީއެމްޑަބްލިއު ކާރެއް ހަދިޔާކޮށްފައިއެވެ. އަދި އެމްއެސް ދޯނީ ވަނި 80 ލައިކައިގެ އަގުބޮޑު ސައިކަލް އެއް ހަދިޔާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

 

އުމުރުން 30 އަހަރުގެ އަތިޔާ ބޮލީވުޑަށް ތައާރަފްވީ 2015ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި "ހީރޯ" އިންނެވެ. އޭނާ އަށް ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ހޯދިފައިއެއް ނނުވެއެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ފިލްމްއެއްވެސް ފަހުން ލިބިފައިއެއްނުވެއެވެ. އަތިޔާ އަކީ ސުނިލްގެ ދެކުދިންގެ ތެރެއިން އަންހެން ކުއްޖާއެވެ. ދެން ހުންނަނީ އަހާން ކިޔާ ފިރިހެން ކުއްޖެކެވެ. އަހާންވެސް ވަނި ބޮލީވުޑް އަށް ތައާރަފް ވެފައިއެވެ.

]

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.