ޓީވީ ބަތަލާ ވައިޝްނަވީ ރާއްޖޭގައި

ޓީވީ ބަތަލާ ވައިޝްނަވީ ރާއްޖޭގައި

Author
ފާތިމަތު ނާވީ
26 ޖެނުއަރީ 2023 10:09
0

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ޓީވީ ބަތަލާ ވައިޝްނަވީ ރާއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ވައިޝްނަވީ ރާއްޖެ ގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރުގައި އޭނާ ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީހޭދަކޯށްފައިއެވެ. ރާއްޖެ އަކީ ޓީވީ ތަރިންގެ އިތުރުން ބޮލީވުޑްގެ ތަރިންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. ވައިޝްނަވީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓެއް ހާމަ ކޮށްފައިއެއް ނުވެއެވެ.

ވައިޝްނަވީ އަންނަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތަށް ސޯޝަލް މީޑީއާގައި ހިއްސާ ކުރަމުންނެވެ. ރާއްޖޭގެ ތީރިގޮނޑު ދޮށުގެ އިތުރުން އޭނާ އަށް ރާއްޖެ އިން އެންމެ ކަމުދަނީ ކުރުބާ ކަމަށްވެސް ބައެއް ޕޯސްޓް ތަކުގަިއވަނީ ބުނެފައިއެވެ.

ވައިޝްވަނީ އަކީ އިންޑިއާގެ ޓީވީ އެކްޓަރެއްގެ އިތުރުން މޮޑެލްއެކެވެ. އަދި ސޯޝަލް މީޑިއާ އިންފުލުއެންޒަރެން ވެސް މެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.