އަތިޔާ އާއި ރާހުލް ކަިއވެނި ކޮށްފި

އަތިޔާ އާއި ރާހުލް ކަިއވެނި ކޮށްފި

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2023 06:32
0

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި ލޯބިވެރިޔާ ކްރިކެޓް ތަރި ކޭއެލް ރާހުލް ކައިވެނިކޮށްފި އެވެ.

މިދިއަ އަހަރުން ފެށީގެން އެމީހުން ކައިވެނީގެ ވާހަކަ އައީ ދެކެވެމުންނެވެ. އަދި ހަމަ އެހެންމެ މީޑީއާއިން ރިޕޯޓް ކުރި ގޮތަށް އެމީހުން ކައިވެނި ކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގައިއެވެ.

އިއްޔެ ކުރެވިގެން ދިއަ މިކަިއވެނީގައި އެމީހުން ފެނިގެން ގޮސްފައިވަނީ އިންޑިއާގެ ނަން މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ އަނަމިކާ ކަންނާގެ ވަރަށް ހިތްގައިމު ނޫޑް ޕިންކް އެއްގެ ހެދުންތަކެއްގައިއެވެ.

ހިންދީ ދީނުގެ އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިން މި ކައިވެނި ކުރެވިގެން ގޮސްފައި ވާއިރުގައި އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް ވެސް އާތިޔާ އާއި ރާހުލްގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. ވަރަށް ކުލަ ގަދަކޮން ކުރެވިގެން ދިއަ މި ކަިއވެނީގެ ފޮޓޯތަކަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ މަރުހަބާ ކިޔައި ކޮމެންޓް ކޮށްފައިއެވެ.

 

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

އުމުރުން 30 އަހަރުގެ އަތިޔާ ބޮލީވުޑަށް ތައާރަފްވީ 2015ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި "ހީރޯ" އިންނެވެ. އޭނާ އަށް ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ހޯދިފައިއެއް ނނުވެއެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ފިލްމްއެއްވެސް ފަހުން ލިބިފައިއެއްނުވެއެވެ. އަތިޔާ އަކީ ސުނިލްގެ ދެކުދިންގެ ތެރެއިން އަންހެން ކުއްޖާއެވެ. ދެން ހުންނަނީ އަހާން ކިޔާ ފިރިހެން ކުއްޖެކެވެ. އަހާންވެސް ވަނި ބޮލީވުޑް އަށް ތައާރަފް ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.