ފެނަކަ ސައީދު ތިނަދޫގައި ކެމްޕެއިން ކުރުން އޯކޭއެއް ނޫން: ސައުދުﷲ ޙިލްމީ

ފެނަކަ ސައީދު ތިނަދޫގައި ކެމްޕެއިން ކުރުން އޯކޭއެއް ނޫން: ސައުދުﷲ ޙިލްމީ

Author
ޢަލީ އާދަމް
23 ޖެނުއަރީ 2023 02:33
0

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ގދ.ތިނަދޫގައި ކެމްޕެއިނަކުން ފެނުމަކީ ތިނަދޫގައި ތިބި ހަމަޔައި އިންސާފަށް ލޯބިކުރާ މީހުންގެ ކަންކަށި މަތީގައި ޖެހި އެތިފަހަރެއްކަމަށާ، މިކަން އޯކޭ ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.

ފެންކަ އެމްޑީ ސައީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ފޭސްބުކްގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައި ސައުދުﷲ ވިދާޅުވެފައިވަނީ ސައީދަކީ ތިނަދޫގެ 4 ޒުވާނުން، އެއްވެސް ހަގުން ކަމަކާ ނުލައި ވަޒީފާއިން ވަކިކޮށް ބިކަކޮށްފައައިވާ ބޮޑު އަނިޔާވެރިއެއްކަމަށެވެ. ވަޒީފާއާބެހޭ ޓްރިބުނަލުން ވަނީ މިމަސައްލަ ޖެސްއި 2 ކުދިންނަށް ވަޒީފާ ދޭން އަމުރުވެސް ކޮށްފައިކަމަށާ، އެހެންނަމަވެސް އަދި މިހާތަނަށްވެސް ވަޒީފާ ނުދޭތާގައި ހުކުމުގައި ބުނާ ބަދަލެއްވެސް ނުދޭކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ.

ވަޒީފާއިން ވަކިކުރި އެއް ކުޖްޖެގެ ވަޒީފާއިން ވަކިކުރި ހުރިހާ ތަފްސީލެއް ރައީސް ޞާލިޙާއި ސަރުކާރުގެ ގިނަ ވަޒީރުންނަށްވެސް ވާނީ ލިބިވަޑައިގެންފައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ސަޢީދުފަދަ އަނިޔާވެރި ކޮރަޕްޓް މީހެއް ތިނަދޫން ކެމްޕެއިނެއްގައި ފެނުމަކީ ތިނަދޫގެ ރައްތުންގެ ތެރެއިން ހަމަޔާއި އިންސާފަށް ލޯބިކުރާ މީހުންގެ ކަންކަށިމަތީ ޖެހި އެތިފަހަރެއްކަމަށާ، މިކަން އޯކޭ ނޫންކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވެ ފޭސްބުކުގައި ލިޔުއްވާފައިވަނީ ބައެއް ލިޔެކިއުންތަކާއެކުއެވެ. އަދި މިމަހުގެ 28ގައި އޮންނަ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ ރައީސް ޞާލިޙުގެ ކެމްޕެއިންގައި ގދ.ތިނަދޫގައި ފެނަކަ އެމްޑީ ސަޢީދު ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއްވެސް ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.