ނޯރާ އަބަދުވެސް ޖެކުއަލިން ދެކެ ޖެލަސްވޭ: ސުކޭޝް

ނޯރާ އަބަދުވެސް ޖެކުއަލިން ދެކެ ޖެލަސްވޭ: ސުކޭޝް

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2023 07:20
0

މަކަރާއި ހީލަތުގެ މައްސަލަތަކެއްގައި ތާށިވެފައިވާ ބޮލީވުޑްގެ ބަތަލާ ޖެކޮލީން ފެނާންޑޭޒް އާއި ދެކޮޅަށް ބަތަލާ ނޯރާ ފަތޭހީ އަބުރުގެ ދައުވާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

އަބުރު ގެއްލޭ ފަދަ ތުހުމަތުތަކެއް ކޮށް ކެރިއަރު ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ، ބޮލީވުޑްގެ 'އައިޓަމް ގާލް' ގެ ގޮތުގައި މަޝްހޫރު ނޯރާ ފުލުހަށް މި މައްސަލަ ހުށައަލައި މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ވެސް ކުރަމުންނެވެ. ހަމަ މިފަދައިން ޖެކުއަލިން ވެސް ވަނީ ނޯރާއާއި ދެކޮޅަށް މައްސަލަ ހުށައަޅާފައިއެވެ.

މިހާރުވެސް މަނީ ލޯންޑްރިންގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ޖެކޮލިން ގޮވައިގެން ނޯރާ ކޯޓަށްދާން ނިންމީ، ޖެކޮލިން އާ ދެކޮޅަށް ކުރި 200 ކްރޯޑް ރުޕީސް މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ޖެކޮލިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު އެކަމާ ނޯރާއާ ވެސް ގުޅުވައި، އޭނަގެ ކެރިއަރާއި ޒާތީ ދިރިއުޅުން ހަލާލުކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެވެ.

ނޯރާ ބުނެފައިވާގޮތުގައި، ޖެކޮލިން އޭނާގެ ކެރިއަރު ހަލާކުކޮށްލުމުގެ ގޮތުން ޖިނާއީ ގޮތުން ބަދުނާމު ކުރަން މަސައްކަތް ކުރާއިރުގައި ދެމީހުން ނަކީވެސް އެއް އިޑަސްޓްރީއަކަށް ނިސްބަތްވާ ދެމީހުން ކަމަށެވެ. އަދި ޖެކޮލިން އޭނާއާ ގުޅޭގޮތުން އެފަދަ ގޮތަކަށް ވާހަކަ ދެއްކީ ބަދުނާމުކޮށް، މާލީ ގޮތުންނާއި، އިޖުތިމާއީ އަދި ނަފްސީ ގޮތުން ނިކަމެތި ކޮށްލުމަށް ކަަމަށް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Nora Fatehi (@norafatehi)

ނަމަވެސް މި މިއްސަލަ ރައްދުވާ ސުކޭޝް ޗަންދުރަސޭކަރް މިވަނީ ނޯރާއާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އޭނާގެ ލޯޔަރުން މެދިވެރިކޮށް ސުކޭޝް ނެރުނު ނޫސްބަޔާނެއްގައި ބުނާ ގޮތުގައި ނޯރާ އަބަދުވެސް އައީ ޖެކްލީން އާއި ދެކޮޅަށް އެނާ ކައިރީ އެކި ވާހަކަތައް ދައްކަމުން ކަމަށެވެ. އަދި ނޯރާ ބޭނުންވީ ޖެކްލީން ދޫކޮށް ނޯރާ އާއި އޭނާ ލޯބީގެ ގޮތުން ގުޅެން ކަމަށްވެސް ސުކޭޝްގެ އެ ބަޔާނުގައިވެއެވެ. އަދި ނޯރާ އަކީ ޖެކުއަލިން ދެކެ ވަރަށް ޖެލަސްވާ މީހެއް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ. މީގެއިތުރުން ދުވާލަކު 10 ވަރަކަށް ފަހަރު ނޯރާ އޭނާއަށް ގުޅާ ކަމަށްވެސް ސުކޭޝް ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް އަގު ބޮޑު ތަކެތީގެ ފޮޓޯ އޭނާ އަށް ފޮނުވާ އެއް އެއްޗެހި ގަނެ ދިނުމަށް ނޯރާ ބުނާ ކަމަށްވެސް ސުކޭޝް ބުންޏެވެ. ނޯރާ ބުނެގެން އޭނާގެ ތިމާގެ މީހަކަށް މިޔުޒިކް ޕްރޮޑަކްޝަން ކުންފުންޏެއްވެސް ހަދާ ދިން ކަމަށް ސުކޭޝް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ސުކޭޝް ޗަންދުރަސޭކަރް ކިޔާ ނުފޫޒު ފަދަ މީހަކާ ޖެކޮލިން ހިތާވެ، އޭނަގެ ފަރާތުން އަގުބޮޑު އެތައް ހަދިޔާތަކެއް ލިިބި، އަދި މަނީ ލޯންޑްރިންގެ ކަންތަށް ގަނޑެއްގެ ތެރޭގައި ސުކޭޝް ތާށިވެ އެކަމުގެ ތެރޭގައި އޭނާވެސް ވަނީ ބެދިފައިއެވެ. އަދި ހަމަ އެހެންމެ އޭނައާ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) ސުވާލުކޮށް، ބަޔާން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި  ޖެކޮލިންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.

މިދިއަ އަހަރު މި ކަންތައްގަނޑު ފަޅާއަރައިފައިވާއިރު ޖެކޮލިން އާއި އެކުގައި ސުކޭޝް ނަގައިފައިވާ ގައިގޯޅި ފޮޓޯތަކެއްވެސް ވަނީ ލީކުވެފައެވެ. އަދި ހަމަ އެއާއިއެކުގައި، ސުކޭޝްގެ ފަރާތުން ނޯރާ އަށް ވެސް ނާޖާއީޒު އެތައް ފައިދާތަކެއް ލިބުނުކަމުގެ ވާހަކަތަކެއްވެސް ދެކެވުނެވެ. އަދި އީޑީ އިން ނޯރާއާވެސް ސުވާލު ކުރިއެވެ. ނަމަވެސް ނޯރާ ވަނީ ސުކޭޝް އާއި އޭނައާ ދެމެދު އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބަޔާނެއްވެސް ނެރެފައެވެ.

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.