ރާހުލް އާއި އަތިޔާގެ ކައިވެނީގެ ރަސްމިއްޔާތު ތަށް ފަށައިފި

ރާހުލް އާއި އަތިޔާގެ ކައިވެނީގެ ރަސްމިއްޔާތު ތަށް ފަށައިފި

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2023 09:51
0

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީގެ ކައިވެނީގެ ރަސްމިއްޔާތުތަށް ފަށައިފި ކަމަށް ހަބަރުތަށް ބުނެފިއެވެ.

ރާހުލް އާއި އަތިޔާ ގެ ކައިވެނި އޮތީ މާދަމާއެވެ. ކައިވެނި ކުރިއަށް ދާނީ ޝުނިލް ގެ ކަންޑާލާގައި ހުންނަ ބަނގުލޯގައިއެވެ. ކައިވެނީގެ ރަސްމިއްޔާތު ތިން ދުވަހަށް ދެމިގެންދާނެ ކަމަށް ވެއެވެ. އަދި މިކައިވެނި ކުރެވިގެން ދާނީ ހިންދޫ ދީނުގެ އާދަކާދައިގެ މަތިންނެވެ.

އަތިޔާ އާއި ކުރިކެޓް ކުޅުން ތެރިއެއް ކަމުގައިވާ ކޭއެލް ރާހޫލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިންއަހަރެއްހައި ދުވަސް ވެއްޖެ ކަމަށް ހަބަރުތަށް ބުނެއެވެ. އަދި ހަމަ އެހެންމެ އެމީހުން ތިބި ކައިވެންޏަށް ކެތްމަދުވެފައި ކަމަށާއި، ބޭނުން ވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރަން ކަމަށް ވެއެވެ.

ދެފަރާތުގެ އާއިލާ އާއި ގާތް ތަހުމަތެރިންގެ ހާޒިރުގައި މިކައިވެނި ކުރެވިގެންދާނެ ކަމަށްވެއެވެ. އަދި ހަމަ އެހެންމެ ކައިވެނި ވަރަށް ކުރެވިގެންދާނީ ވަރަށް ކުލަގަދަކޮން ކަމަށްވެސް ވެއެވެ.

 

View this post on Instagram

 

A post shared by KL Rahul👑 (@klrahul)

 

އުމުރުން 30 އަހަރުގެ އަތިޔާ ބޮލީވުޑަށް ތައާރަފްވީ 2015ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި "ހީރޯ" އިންނެވެ. އޭނާ އަށް ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ހޯދިފައިއެއް ނނުވެއެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ފިލްމްއެއްވެސް ފަހުން ލިބިފައިއެއްނުވެއެވެ. އަތިޔާ އަކީ ސުނިލްގެ ދެކުދިންގެ ތެރެއިން އަންހެން ކުއްޖާއެވެ. ދެން ހުންނަނީ އަހާން ކިޔާ ފިރިހެން ކުއްޖެކެވެ. އަހާންވެސް ވަނި ބޮލީވުޑް އަށް ތައާރަފް ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.