ޓީވީ ބަތަލާ ދީޕިކާ އަށް ދަރިއަކު ލިބެނީ

ޓީވީ ބަތަލާ ދީޕިކާ އަށް ދަރިއަކު ލިބެނީ

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2023 05:35
0

މަޝްހޫރު ޓިވީ ބަތަލާ ދިޕިކާ ކައްކަރް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އިއުލާންކޮށްފި އެވެ.

"ސަސުރާލު ސިމަރު ކާ" އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ އާއި ޓީވީ އެކްޓަރު ޝުއައިބް އިބްރާހީމް ކައިވެނިކުރީ 2018ވަނަ އަހަރު ގައިއެވެ.

ދީޕިކާ އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ތަރިއެކެވެ. "ބިގް ބޮސް" ސީޒަން 12 ކާމިޔާބުކުރި ބަތަލާ ފުރަތަމަ ކައިވެނިކުރީ ރައުނަކު ޝަރުމާ ކިޔާ މީހަކާ އެވެ. ދެހާސް އެގާރައިގެ އެ ކައިވެނީ ރޫޅުނީ 2015 ގަ އެވެ.

 

View this post on Instagram

 

A post shared by Shoaib Ibrahim (@shoaib2087)

ދިޕިކާ އާއި ޝުއައިބަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ އެ ދެ މީހުންގެ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އޭގައި ދެ މީހުން "މޮމް" އާއި "ޑޭޑް" ޖަހާފައިވާ ތޮތްޕެއް އަޅައިގެން ނަގައިފައިވާ ފޮޓޯއެއް ވަނީ ޕޯސްޓްކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Dipika (@ms.dipika)

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 އިން 2020 އަށް ސްޓާ ޕްލަސް އިން ދެއްކި "ކަހާ ހަމް ކަހާ ތުމް" އިންނެވެ. ދީޕިކާ ވަނީ ޑްރާމާގެ އިތުރުން ބައެއް ރިއްލިޓީ ޝޯވ ތަކުގައިވެސް ވާދަކޮށްފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.