2010 ވަނަ އަހަރުގެ ފިލްމު "ލަވް ސެކްސް އޮރް ދޯކާ" ގެ ދެވަނަ ބަޔަށެއް ހަދަން ނިންމައި އެފިލްްމްގެ ލީޑް ބަތަލާއަށް ޓީވީ ތަރި ނިމްރިތު ކޯރު ހަމަޖައްސައިފިއެވެ.
މި ފިލްމް އެކްތާ އިއުލާން ކުރީ މިހާރު ކުރިއަށްދާ "ބިގް ބޮސް" ގެ ސީޒަން 16 ގެ ތެރެއިންނެވެ. ނިމްރިތަކީ އެ ސީޒަންގެ ބައިވެރިއެކެވެ. އެކްތާ އާއި މީގެ ފުރަތަމަބައިގެ ޑައިރެކްޓަރު ދިބާކަރް ބަންރޭހް ބިގް ބޮސް އަށް ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ފިލްމް އިއުލާން ކޮށް މި ފިލްމް އަށް ނިމްރިތާ ނެގިކަން އިއުލާން ކޮށްފައިވާއިރުގައި މި ފިލްމްގެ ޝޫޓިން "ބިގް ބޮސް" ނިމުންހައި އަވަހަކަށް ފަށާނެ ކަމަށް ބެލެވެއެވެ.
"ލަވް ސެކްސް އޯރް ދޯކާ 2″ ގެ އިތުރުން އެކްތާ ޕްރޮޑިއުސްކޮށް ކަލާސް ޓީވީން ދައްކާ "ނާގިން" ޝޯވ 7 ވަނަ ސީޒަނަށްވެސް ބިގް ބޮސްގެ ބައިވެރިޔަކު ނަގާ ގޮތަށް ހަމައްޖައްސާފައި ވާކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ލަވް ސެކްސް އޯރް ދޯކާ" އަކީ އެކްތާ އާއި މަންމަ ޝޯބާ ކަޕޫރު އަދި ޕްރިޔާ ސްރީދަރަން ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި އަޔުޝްމާން ޖާ، ނުޝްރަތް ބަރުޗާ، ރާޖް ކުމާރު ރާއޯ، ނެހާ ޗައުހާން، އަމިތް ސިއާއީ، ހެރީ ތަންގްރީ އަދި އާޝިޝް ޝަރުމާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ