"ރައީސަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް ހަމަނުޖެހުން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއްނޫން"

"ރައީސަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް ހަމަނުޖެހުން ހިންގުމަކީ ބަލައިގަނެވޭނެ ކަމެއްނޫން"

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2023 09:19
0

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް ޕާޓީގެ އުސޫލުތައް މުގުރަމުންދާ މަންޒަރު ފެންނަ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު އޭނާގެ ދާއިރާގެ ތުޅާދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ޕީޕީއެމްއާއި، ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ވެގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

ނާޝިޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީތަކުގައި އަބަދުވެސް ކުރަނީ ވާދަވެރި ކެމްޕެއިނެއް ކަމަށެވެ. އެކަމަކު ދުވަހަކު ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ތަކަކީ ވާދަވެރި ކެމްޕެއިނެއް އަބަދުވެސް ކުރާބައެއް. އެކަމަކު ދުވަހަކުވެސް ހަމަނުޖެހުން ނަގާލާކަށް މަސައްކަތް ނުކުރޭ. އެކަމު މިއަދު މި ފެނުނީ ރައީސަށް ކެމްޕެއިން ކުރާ މީހުންނާއި ދިމާކޮށް މި އުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާތަން.

– ރައީސްގެ ކެމްޕެއިން މެނޭޖަރު ނާޝިދު ވިދާޅުވިއެވެ.

މިއަދުގެ ހަމަނުޖެހުމާއި ގުޅިގެން ނާޝިދު ވިދާޅުވީ މިއީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ވާދަވެރި ކެނޑިޑޭޓަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުންދަނީ ހަމަނުޖެހުން ހިންގުމަށް ކަމަށާއި، މިފަދަ ކަންކަން އެއްވެސް ވަރަކަށް ބަލައި ނުގަނެވޭނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

އައްޗީޑި! މިކަހަލަ ކަންކަމަށް ހިތްވަރުދީ މި ކެމްޕެއިންގައި ހަމަ ނުޖެހުމަށް ހިތްވަރު ދިނުން ހާދަ ހަޑިއޭ. ވާދަވެރި ކެނޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން މިފަދަ ނާހަހުޒީބު ފިނޑި އަމަލުތަކަށް ހިތްވަރު ދީ މިކަންކަން ޕްރޮމޯޓް ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.

– ނާޝިދު ވިދާޅުވިއެވެ.

އެ ރަށަށް ހިސާން ވަޑައިގެންނެވުމުން މުޒާހަރާކުރަން ފެށުމުން މެގަ ފޯނުތައް ވެސް ފުލުހުން ވަނީ އަތުލައިފައެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވެސް ހިސާންގެ ހިމާޔަތުގައި ކަމަށް ބުނެ ތުޅާދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ހިސާންއަކީ ކުރިން ނަޝީދުގެ ލީގަލް ސެކެރެޓްރީއެވެ. އަދި ރައީސް ނަޝީދާ އެންމެ އަރިސް އެއް ބޭފުޅާއެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދުވަސް ވަރު ވަނީ ރައީސް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއިދު ކުރައްވާކަން ފާޅުގައި ހާމަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލުގެ ކެމްޕޭންގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ހިސާން ނިސްބަތްވެ ވަޑައިގަންނަވަނީ ބ. ހިތާދޫ އަށެވެ. އަދި ނިމިގެން ދިޔަ ދައުރުގެ މަޖިލިސް އިންތިހާބުގައި ހިތާދޫ ހިމެނޭ އޭދަފުށީ ދާއިރާއަށް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެއްވުމުން މި ހިނގާ މަޖިލިސްގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ށ ށާވިބñ ިިިިިިިި ޮޮޮ ޖ. ރ
މނ ބޮޑުމަންމަނު ދެންހުރޭ ބަލާނުގަނެ ކަލޭ ބަލާނުގަންނކަމުން ވާނެ އެއްކަމެއްވެސް ނޯންނާނެ އަލްނގީރުން ކަލޭގެ ބައި ޑިލީޓްކުރުމކި އަހަރެމެންވެސް ބަލައިގަންނަ ކަމެއްނޫން ރޮޒޭ ދަތުރުތަކުގަ ހިތުހުރިމީހަކާ ވެގަތުމަކީވެސް އަހަރެމެން ބަލާގަންމަ ކަމެއްނޫން
އ އަރޭ ޑި ސަންޕަ
ތިއީ ދެބަފައިން ރީލޯޑުކޮއްލަން ކުޅުނު ގޭމެއް. މަޖްލިސް އިންތިހާބުގަ އިދިކޮޅު ކެނޑިޑޭޓް އަތުން ރީލޯޑް ކުރި. ކައުންސިލް އިންތިހާބުގަ، ޕީ.ޕީ.އެމްގެ ނަމުގަ މީހަކު ނުކުތަ ނުދީ އެމް.ޑީ.ޕީ މީހެއް އަމިއްލަ ގޮތުން ނެރުނީ. މިފަހަރު އަންނި ފެކޝަނުން ރީލޯޑްކޮއް ދިނީމަ ދެބަފައިން ނިކުތީ. މިއީ ހަގީގަތް. ރީލޯޑް ދެބަފައިން.
މ މުގާބޭ
މި ރޮޒޭނަގެ ފިރިމެެހަަ މިގޮވަނީ ވަކި ތާހިރު އެއްޗެއްތަ، ދުވަހަކުވެސް އެމއޑީޕީގާ ކެންޕިއަނެއްގާ މައްސަލަ ޖެހި ހުތުރު އެއްޗެތި ކިއާ ހައިޖާނެއް ނުއފެދޭކަމަށް ބުނާއިރު ކިތައް ކަނއތަކުގާ ވޯޓުލާއިރު ކެންޕިއަނު ކުރާއިރު ހައިޖާނު އުފައްދައިގެން އެތިބި ތަނެއްގެ ގޮނޑިތައް އުކާ ޒުވާބުކޮށް ކޮންޓުރީލު ނުވެގެން ހުއްޓާލާފަ އޮތީ، މިހާރުވެސް އެހުރީ ވީޑިއޯތައް ފެންނަން ދޮންފުތު ކުރާނީ އރހެން މީހުނަށް ނޭނގޭ ކަންތައްކަނ ވެސް ނާޝިދަށް ނޭގެނީބާ.!!
ޒ ޒާހިރު
ކިބިދޫދާއިރާގެމެއްބަރުނާސިދުތިއަބޭފުޅާއަށްކިހާފާސާއެއްދެއްވާގެއްތޯރައިސްސޯލިހުއަށްތާއިދު ކުރައްވަނީނާސިދުމެއްކަހަލަގައުމަޢްގައްދާރުވާމީހުއްސޯލިހުގެފަހަތުއްހޭބަލިވިއަކަސް)ގައުމައްވަފާ ތެރިހެޔޮވިސްނޭހީހުއްއިބޫފަހަތަކުޢްނުދުވާނެ))ކިބިދޫދާއިރާގެމެއްބަރުފާސާގެދަހިވެތިވެގެއް އިބޫސޯލިހުއާބައެތުހިފާގެއްމިގައުމު).އަޅުވެތިކޮއްފާސިދުކަންކަމަގުފަހިކޮއްމިދިވެހިގައިމުސަދޫމާ އެއްފެއްވަރަތްވަށްޓާލަޢްތިއަމަސައްކަޢްކުރަނީ).ނާސިދުހަމަހޭގަތޯއޭތިއަހުންނެވެހަމަގާމުވެސް ހަމަބުއްދީގަހުރި).މީހަކުއިބޫއަކައްކެއްޕޭނެއްނުކޮދޭނެ).މާތްﷲ.ގެރަސްކަންފުޅުހަންދުމަކޮޢްފަ ބުނައް)އަގަންޑުގެ)ހަޔާތުގަވެސްނުދެކެއް).މިކަހަލަހަޑިމުޑުދާރު)ވެރިކަމެއް)އިބޫސޯލިހުގެ އަމަލުތަޣްހުއްނަގޮތުޢްއަޅުގަޑަޢްސިފަކުރެވެނީ))ފިރުއުނާ
އ އާާދަމްް
ހެއްވާ މަޖާ ދެއްތޯ ޕާޓީ އިންތިޚާބުގައި ދެ ކެންޑި ޑޭޓުނަށްވެސް ހަމަހަމަ ވާން ޖެހޭ ދެއްތޯ ނަޝާދަށް ސަޕޯޓު ކޮށްފިނަމަ މަގާމުންވަކިކުރަން ދެކަބަލުން ގޮވުމަކީ އައްޗިކަން ކުޑަ ކަމެއްތޯޯ ތިބުނާ ހިސާނަކީ ވަރަށް............ ބޮޑު އަންހެނެއް!! ޕީޕީ އެމްމީހު މުޒާހަރާ ކުރީ ޔާމީނު މިނިވަން ކުރުމަ،ށް ގޮވާލަމުން ދެމަފިރިންންންންން