ޤުރުއާން އަންދާލަން ސުވިޑްންގެ މުވައްސަސާތަކުން ފުރުސަތު ދީފައިވާތީ ސައުދީން ފާޑު ކިޔައިފި

ޤުރުއާން އަންދާލަން ސުވިޑްންގެ މުވައްސަސާތަކުން ފުރުސަތު ދީފައިވާތީ ސައުދީން ފާޑު ކިޔައިފި

Author
ހުސެއިން
22 ޖެނުއަރީ 2023 03:02
0

ސުވިޑްންގެ ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި، ސުވިޑްންގެ ކަނާތުފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސީ މީހަކު ޤުރުއާން އަދާލުމަށް ސުވިޑްންގެ އިދާރާތަކުން ފުރުސަތު ދީފައިވާތީ ސައުދީ އަރަބިއާގެ ފޮރިންގ މިނިސްޓްރީން އެކަން ކުށްވެރި ކޮށްފިއެވެ.

"ނަފްރަތު އުފެއްދުމާއި، ހައްދުފަހަނައަޅާ ދިއުމަށް ތަރުހީބު ނުދީ، އެކީގައި ދިރުޅުމާއި މަޝްވަރާ ކޮށްގެން ކަންކަމުގެ ހައްލު ހޯދާއިގެން ކުރިޔަށް ދިއުމުގެ މުހިންމުކަން ފާހަގަ ކުރަން،" ސައުދީ އަރަބިއާގެ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސްވިޑްންގައި ޤުރުއާން އަންދާލާފައިވަނީ ކަނާތު ފިޔައިގެ ހަރުކަށި ޑެނިޝް ސިޔާސީ ޕާޓީއެއްގެ ލީޑަރު ރަސްމުސް ޕަލުދާންއެވެ. ސުވިޑްންގެ ރައްޔިތުކަން އޮންނަ ޕަލުދާން ވަނީ މީގެ ކުރިންވެސް އެތައް އެއްވުމެއް ބާއްވާ މީގެ ކުރިންވެސް ޤުރުއާން އަންދާލާފައެވެ.

ސުވިޑްންގެ ފުލުހުންގެ ފަރާތުން އޭނާއަށް ވަނީ އިސްލާމް ދީނާއި ދެކޮޅަށް މުޒާހިރާ ކުރުމަށް ހުއްދަ ދީފައެވެ. އަދި އޭނާ މުޒާހިރާ ކޮށްފައިވަނީ، ސުވިޑްގައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމަށް ތުރުކީގެ ރައީސް ރެސެޕް ތައްޔިޕް އެރެދޮގާން މަސައްކަތް ކުރާކަމަށް ބުނެ އެކަމާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.