ކައިވެންޏަށް ފަހު ރާކީ ގެ ނަން ފާތިމާ އަށް ބަދަލުކޮށްފި

ކައިވެންޏަށް ފަހު ރާކީ ގެ ނަން ފާތިމާ އަށް ބަދަލުކޮށްފި

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2023 07:39
0

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތް އޭނާގެ ލޯބިވެރިޔަ އާދިލް ހާން ދުއްރާނީ އާއި ކައިވެނި ކުރިކަން އިއުލާން ކޮށްފައިވަނީ މިދިއަ ހަފްތާގެ ތެރޭގައިއެވެ.

އާދިލް އާއި ކަިއވެނި ކުރުމަށް އޭނާ ވަނީ ދީނާއި ނަން ބަދުކޮށްފައިއެވެ. އާދިލް އަކީ މުސްލިމެއްކަމުން އެމީހުން ކައިވެނި ކޮށްފައިވަނީ މުސްލިމުން ކުރާގޮތަށެވެ. "ޝާދީ" ގެ ބަދަލުގައި އެމީހުން "ނިކާހް" ކޮށްފައިވާއިރުގައި، މި ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ނަމަވެސް މިހުރިހާ ކަމެއް ރާކީ ވަނީ އޭނާގެ އިންސްޓްގާރްމްގައި ހިއްސާކޮށްފަިއއެވެ. ފޮޓޯއާއި ވީީޑިއޯ ތަށް އޭނާ ވަނީ ހިއްސާކޮށްފައިއެވެ. އަދި އެމީހުން ކަިއވެނި ކުރި ފަހުން މިވަނީ ގިނަ ކަންތަށް ތަކެއް ބަދަލުވެސް ވެފައިއެވެ.

 

View this post on Instagram

 

A post shared by Mirchi Plus (@mirchiplus)

އެގޮތުން މިހާރު ރާކީ ގެ ނަމަށްވެސް ވަނީ ބަދަލު އައިސްފައިއެވެ. ރާކީގެ ބަދަލުގައި އޭނާ އަށް މިހާރު ކިޔަނީ ފާތިމާ ދުއްރާނީ ކަމަށް ވަނީ ބުނެފައިއެވެ. އަދި މިހާރު އޭނާ ފެނިގެންދަނީ ވަރަށް ބޮޑަށް ނިވާވެ ބޮވެސް ފޮރުވަައިފައި ހުއްޓައިއެވެ.

ރާކީ ފާހަގަ ވެގެން ގޮސްފައިވަނީ ވަރަށް މީޑިއާ އާއި ރަހުމަތެރި މީހެއްގެ ގޮތުގައިއެވެ. ރާކީ އާއި އާދިލް ވަނީ އެކުގައި ލަވައެއްވެސް ކުޅެފައިއެވެ. އަދި ދުބާއީގައި ދިރިއުޅުމަށް އެމީހުން ދުބާއީ އިން އެޕާޓްމެންޓް އެއް ވެސް ގަތް ކަމަށް މީގެ ކުރިން ރާކީ ވަނީ ބުނެފައިއެވެ.

ރާކީ އާއި އާދިލް އާއި ދެމީހުންނަކީ ކުރިންސުރެވެސް ދަންނަ ދެކެ ފަރިތަ ރަހުމަތްތެރިންނެވެ. ދެމީހުން ވެސް އެކުގައި ކުޅެމުން އަންނަނީ ވަރަށް އުފާވެރި އުޅުމެއް ކަމަށް އެމީހުން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Rakhi Sawant (@rakhisawant2511)

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.