ކުރީގެ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ބަތަލާ ރާކީ ސާވަންތް ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ބަތަލާ ޝާލީން ޗޯޕްރާ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ޝާލިން މައްސަލަ ހުށައެޅީ އޭނާ އާއި ބެހޭ ގޮތުން ދޮގު ތުހުމަތުތަކެއް ކޮށް ގާނޫނާ ޚިލާފު ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
ޝާލިން އާއި ރާކީ އާއި ދެމެދުގައި މިފަހުން ވަނީ ވަރަށް ބޮޑަށް މައްސަލަ ހޫނުވެފައިއެވެ. ދެމީހުން ދެމީހުންނަށް މީޑީއާގެ ކުރމަތީގައި އަންނަނީ ބަދުނާމު ކޮށް މަލާމާތް ކުރަމުންނެވެ.

ރާކީ ފުލުހުން ހައްޔަރު ކުރިކަން ޝާލިން ވަނީ އޭނާގެ ސޯޝަލް މީޑީއާގައި ޔަގީން ކޮށްދީފައިއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ފިރިމީހާ ޢަދީލް ޚާން ދުއްރާނީއާ ގުޅިގެން އުފެއްދި ޑާންސް އެކަޑަމީ ހުޅުވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކަމަށް ހަބަރުތަށް ބުނެއެވެ.
އެމީހުންގެ ޑާންސް އެކަޑަމީ ހުޅުވުމަށް ނިންމައިފައި އޮތީ އިއްޔެ މެދުރު ފަހު 3 ޖެހިއިރުގައިއެވެ. ނަމަވެސް އެ ރަސްމިއްޔާތަށް ވަގުތު ކުޑަތަށް ވެފައި ވަނިކޮށް ފުލުހުން ގޮސް ރާކީ ހައްޔަރުކުރީއެވެ. ރާކީ ނެތް ނަމަވެސް އެ އެކަޑަމީ ހުޅުވި ކަމެއް ނުވަތަ ނޫން ކަމެއް ނޭގެއެވެ.
ތަފާތު އެކި އެކި ކަންކަމުގައި އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ ރާކީ މިދުވަސްކޮޅު އެންމެ ހޫނުކޮށް ދެކެވެނީ އޭނާ އާއި އާދިލްގެ ކައިވެނި ވާހަކަ ތަކެވެ. ބައެއް މީހުން ބުނާގޮތުގައި އެމީހުން ކައިވެނި ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ރާކީ ވަނީ ކަިއވެނި ކުރި ކަމުގައި ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ