ކުލި ނުދައްކައިގެން އައިޝްވަރްޔާ އަށް ނޯޓިސް

ކުލި ނުދައްކައިގެން އައިޝްވަރްޔާ އަށް ނޯޓިސް

ގުޅުންހުރި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މިސް ޔުނިވާސްގެ ލަގަބު ހޯދާފައިވާ އައިޝްވާރިއާ ރާއީ ބަޗަން ގަނެފައިވާ ބިމަކަށް ދައްކަން ޖެހޭ ބިމުކުލި ނުދައްކައިގެން ނޯޓިސް ދީފި އެވެ.

ރެޑް ނޯޓިސް އައިޝްވާރިއާއަށް ފޮނުވާފައިވަނީ ބުދަ ދުވަހުގައިއެވެ. އެނާ އިއާދަކުރަނިވި ހަކަތަ ވިއްކުމަށް އަޅާފައިވާ ފާމުން  ޓެކްސް ދައްކާފައިނުވާތީ މި ނޯޓިސް ފޮނުވި މީ ދެވަނަ ފަހަރެވެ. ނާޝިކް ޑިސްޓްރިކްޓްގެ ޓެކްސް އޮފީހުން ނޯޓިސް ފޮނުވީ ފާއިތުވި އަހަރުގެ ބިމު ކުލި ނުދައްކައިގެންނެވެ.

ވައިން ހަކަތަ އުފެއްދުމަށްޓަކައި ވިންޑްމިލްތަކެއް ޖަހާފައިވާ އެއް ހެކްޓަރުގެ އެ ބިމަކީ އައިޝްވާރިއާ 2009 ގައި ގަތް ބިމެކެވެ. އެ ބިމަށް ފާއިތުވި އަހަރަށް ބިމުކުލީގެ ގޮތުގައި 21،960 ރުޕީސް ދައްކަން ޖެހެ އެވެ. މި ފައިސާ ނުދައްކައިގެން ދެވަނަ ފަހަރަށް ނޯޓިސްފޮނުވައިފައިވާ އިރުގައ،ި ނާސިކްގެ ސިނާރް ތެހެސިލް އޮފީހުން ބުނީއެންމެ ފުރަތަމަ ނޯޓިސް ފޮނުވީ މި މަހުގެ 9 ގައި ކަމަށާއި އޭރު ކުލި ދައްކަން 10 ގެ މުއްދަތެއް ވެސް ދިން ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި އައިޝްވަރްޔާ އަކި ގަވައިދުން ކުލި ދައްކަމުން އައި މީހެކެވެ. ނަމަވެސް މިފަހަރު ކުލި ދިގުދެމިގެންދާ ސަބަބެއް ނޭގޭ ކަމަށާއި ކުލި ނުދައްކާ މީހުންގެ އަދަދު 1200 އަށް އަރާ ކަމަށް ބުނެފައި ވެއެވެ.

މި ހަބަރާއި ގުޅިގެން އަންމުން ބުނެފައިވަނީ އައިޝްވަރްޔާ އަކީ އެދަދު ނުދެއްކޭ ވަރުގެ ތަރިއެއް ނޫންކަމަށެވެ. އަނެއް ކޮޅުން އައިޝްވަރްޔާ ގެ ފިލްމް "ޕޮންޔިން ސެލްވަން" ޕީއެސް 1 ވެސް ވެގެން ގޮސްފައިވަނީ ބްލޮކް ބަސްޓާ ފިލްމް އަކަށެވެ. ހަމަ އެއާއި އެކުގައި އައިޝްވަރްޔާ އަކީ މަޝްހޫރު ބޮލީވުޑް ލެޖެންޑް އަމިތާބް ބަޗަންގެ ބަހޫއެވެ. އައިޝްވަރްޔާގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަބިޝޭކް ބަޗަންއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ