2006 ވަނަ އަހަރުގެ ފިލްމް "ވިވާހް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ އަމްރީތާ ރާއޯ އާއި އޭނާގެ ފިރިމީހާ އައްމޯލް އާއި އެކުގައި ފޮތެއް ނެރެން އުޅޭކަން އިއުލާންކޮށްފި އެވެ.
މި ފޮތަކީ މި ދެމަފިރިން ގުޅިގެން ލިޔެފައިވާ ފޮތެކެވެ. "ކަޕްލް އޮފް ތިންގްސް" ގެ ނަމުގައި ނެރެން އުޅޭ މި ފޮތާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ. އިންސްތަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ހަމައެކަނި ފޮތެއް ނެރެން އުޅޭ ކަމަށާއި ފޮތުގެ ނަމެވެ.
އަމްރިތާ އާއި އައްމޯލް ކައިވެނިކުރީ 2014 ގަ އެވެ. އެ ދެ މީހުންނަށް 2020 ގައި ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ. ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ އަމްރިތާ އަކީ މިހާރު ބޮޑު ސްކްރީން އާއި އެހާ ރައްޓެހި ތަރިއެއް ނޫނެވެ.
އަމަރީތާ އެންމެ ފުރަތަމަ ފެނިގެން ދިއައީ 2002 ވަނަ އަހަރުގެ ފިލްމް "އަބްކޭ ބަރަސް" އިންނެވެ. ނަމަވެސް އޭނާ އާންމުގެ ތެރެއަށް މަޝްހޫރު ވެގެން ދިއަ ފިލްމް އަކީ "އިޝްގް ވިޝްކް" އެވެ. އޭނާ އެ ފިލްމްގައި ފެނިގެންދިއައީ ޝާހިދު ކަޕޫރު އާއި އެކުގައިއެވެ.
އަމްރީތާގެ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައީ "ވިވާހް"އާއި "ލައިފް ޕާޓްނާ" "ޖޯލީ އެލްއެލްބީ" އަދި ޝާހުރުކް ހާން އާއި އެކުގައި އޭނާ ފެނިގެންދިއަ ފިލްްމ "މެއި ހޫނާ" ފާހަގަ ކޮށްލެވެއެވެ. އޭނަގެ އެންމެ ފަހުހެ ފިލްމަކީ 2019 ގެ "ތާކްރީ" އެވެ.