ޕޮލިހަށް ހާޒިރު ކުރި ފަހުން އުރްފީ ގެ ހެދުންތަށް މާކުރު ވެއްޖެ

ޕޮލިހަށް ހާޒިރު ކުރި ފަހުން އުރްފީ ގެ ހެދުންތަށް މާކުރު ވެއްޖެ

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2023 06:17
0

ރިއަލިޓީ ޝޯ "ބިގް ބޮސް" އޯޓީޓީ އިން ބެލުންތެރިންނަށް އެނގިގެން ދިއަ އުރްފީ ޖާވެދް މީގެ ދެތިން ދުވަސް ކުރިން ވަނީ ޕޮލިހަށް ހާޒިރު ކޮށްފައިއެވެ. އޭނާ ފޮލިހަށް ހާޒިރު ކޮށްފައިވަނީ ނިވާކަން ކުޑަ ހެދުން އެޅައިގެން އުޅޭކަމަށް ބުނެއެވެ.

އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ ޕޮލިހަށް ހާޒިރު ކުރީ އެކަމާއި ގުޅިގެން ޕޮލިހަށް އިންޑިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ބީޖޭޕީގެ ލީޑަރު ޗިތުރާ ކިޝޯރް ވާގް ހުށައެޅި މައްސަލައެއްގައިއެވެ.

ޗިތްރާގެ ޝަކުވާ ގައި ވަނީ ގާނޫނުން ލިބިދޭ މިނިވަންކަމުގެ ބޭނުން އުރުފީ ނާޖާއިޒު ގޮތެއްގައި ހިފަމުންދާ ކަމަށެވެ. މި މައްސަލަ ގައި އެދެމީހުންގެ މެދުގައި ވަރަގަދަ ބަހުގެ ހަމަލާތަކެއް ވެސް ވަނީ ހިނގާފައިއެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

ނިވާކަންކުޑަ ގޮތްގޮތަށް އުރުފީ ހެދުން އަޅާތީ އެކަމާ ހިތްހަމަނުޖެހިގެން ބީޖޭޕީ ލީޑަރު ސޯޝަލް މީޑިއާގައި ޝެއާ ކުރެއްވި ޕޯސްޓަކާ ގުޅިގެން އުރުފީ ވަނީ ބީޖޭޕީ ލީޑަރަށް ވަރަށް ހަޑި ހުތުރުކޮށް މުޚާތަބުކޮށް ސޯޝަލް މީޑީއާގައި އެކަމަށް ޖަވާބުދީ ޕޯސްޓްތަކެއް ޝެއާކޯށްފައިއެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

މި ހަމަ ނުޖެހުން ގަނޑުގައި އުރްފީ ބުނެފަިއވަނީ އޭނާ އަޅައި އުޅޭ ހެދުން ތަކަކީ ގާނޫނު ހުއްދަ ކުރާ ވަރުގެ ހެދުންތަކެކެވެ. އަދި އެހެދުން ތަކުން އައުރް ކަޝްފު ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލަ އަށް އަދި ވަކިގޮތެއް ނުނިމި އޮތީ ތަހުގީގު މަރުހަލާގައިއެވެ.

ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ކަމުގައި ވީނަމަވެސް ފަރުވާ އެއް ނެއްކަމަށް ބުނާ އުރްފީ މިހާރު ފެނިގެންދަނި ކުރިއަށްވުރެވެސް ނިވާ ނުވާ ގޮތަށް ހެދުން އަޅައިގެން އުޅެނިކޮންނެވެ. އޭނާ އަންނަނީ މި ފަދަ ފޮޓޯތަށް އޭނާގެ އިންސްތަގްރާމްގައިވެސް ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދަރި
ހެދުންތަށް އެއް ނޫން ހެދުންތައް، ދިވެހި ބަސް ހެޔޮގޮތުގައި ބޭނުން ކުރަން ނޭނގޭނަމަ ރަށު ތެރެއިން އެހެން ކަމެއް ހޯދައިގެން އެކަމައިގެން އުޅެބަލަ