ރާއްޖެއާއި އިންޑިއާއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސެއިން
18 ޖެނުއަރީ 2023 08:35
0

އިންޑިއާގެ ޚާރިޖީ ވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއިން 3 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުގެ ދަތުރުފުޅުގައި، ނ. މަނަދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުން ތަކަކީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ އެއްބަސްވުމަކާއި ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ އެކު ހެދި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުންތަކުގެ ލިޔެކިޔުންތައް ބަދަލު ކޮށްފައިވަނީ ރާއްޖޭގެ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

މީގެ އިތުރުން އިންޑިއާއިން މިއަދުވަނީ ރާއްޖެއަށް ކަނޑުމަތީގެ ދެ އެމްބިއުލާންސެއްވެސް ހަދިޔާ ކޮށްފައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި އޭގެ އިތުރުން ޖައިޝަންކަރު ރައީސް ސާލިހުގެ އިތުރުން ފޮރިން މިނިސްޓަރ އަބުދުﷲ ޝަހިދާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ޖައިޝަންކަރު ހއ. އުތީމުގެ އާސާރީ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ޖައިޝަންކަރު 3 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާއިރު، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުއެވެ. އެފަހަރު ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުއްވާ ދެއްވާފަ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.