ކަލާސް ޗެނަސްގެ މަގުބުލު ސިލްސިލާ ޑްރާމާ "ނާގިން" ގެ 6 ވަނަ ސީޒަން ވެސް މިވަނި ނިމުމަކަށް އައިހެވެ. މީގެ ކުރިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ "ނާގިން" ގެ ސީޒަން ތަކަކީ، ތަފާތު ތަރިން ނާއި އެކުގައި ކުރިއަށް ގެންދާ ޑްރާމާއެކެވެ.
މީގެ ފުރަތަމަ ސީޒަން އިން މޯނީ ރޯއި ފެނިގެންދިއައ އިރުގައި ދެވަނަ ސީޒަން ގެައި ފެނިގެން ދިއައީ އަދާ ހާންއެވެ. އެފަހުން ޓީވީ އިންޑަސްތްރީގެ ނަން މޝްހޫރު އެތަށ ްތަރިންނެއް ވަނީ މިޑްރާމާ އިން ފެނިގެން ގޮސްފައިއެވެ.
މީގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "ނާގިން 6″ އަށް ބަތަލާއަކު ނެގީ "ބިގް ބޮސް 15″ އިން ކަމަށާއި މިހާރު އަނެއްކައިވެސް އޭގެ ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އެކްތާ އެ އިޝާރަތް ކުރީ މިހާރު ކުރިއަށްދާ ބިގްބޮސް ނިނުމަކާއި ކަިއރިވެފައިވާތީ އެވާހަކައަށެވެ.
"ނާގިން6″ އިން ފެނިގެންދާ ތޭޖަސްވީ ޕްރަކާޝް އަކީ "ބިގްބޮސް" ގެ 15 ވަނަ ސީޒަން ކާމިޔާބު ކުރި ބަތަލާއެވެ. އެއާއި އެކުގައި އެންމެ ގިންބައެއްގެ މެދުގައި މަގުބުލު އެއްޝޯވގެ ލީޑުން އޭނާއަށް ފުރުސަތު ލިބިގެންދިއައީއެވެ.
"ބިގްބޮސް"ގެ 16 ވަނަ ސީޒަން ނިމުމަކާއި ކައިރި ވެފައިވާއިރުގައި، "ނާގިން 7″ ހަދަން ނިންމާފައި ވާއިރު، ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް 16″ ގައި ވާދަކުރާ ޕްރިޔަންކާ ޗަހާރް އަށް ފުރުސަތު ދޭން އެކްތާ ވަރަށް ބޮޑަށް ބޭނުންވެ އެވެ. "ބިގް ބޮސް 16″ ގައި ވާދަކުރާ ޕްރިޔަންކާ އަކީ ކަލާޒްގެ ސިލްސިލާ "އުޅާރިޔާ" ގެ ކުރީގެ ބަތަލާ އެވެ.
ކޮމެންޓު ފޮނުވާ