"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ސުނިލް މަރުވެއްޖެ

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ސުނިލް މަރުވެއްޖެ

Author
ފާތިމަތު ނާވީ
16 ޖެނުއަރީ 2023 06:18
0

ސޮނީ ސަބް ޗެނަލް އިން ގެނެސްދެމުން އަންނަ ދުވަސްވީ ސިލްސިލާ ޑްރާމާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގައި މުހިއްމު ރޯލެއް ކުޅޭ އެކްޓަރު ސުނިލް ހޯލްކާ މަރުވެއްޖެ އެވެ.

3000 އަށްވުރެ ގިން އެޕިސޯޑް ދައްކައިފައިވާ މި ޑްރާމާގެ މުހިންމު ރޯލެއް ކުޅެމުން އަންނަ އުމުރުން 40 އަހަރުގެ ސުނިލް މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. ސުނިލް މަރުވީ ފުރަމޭގެ މައްސަލަތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސުނިލް ވަނީ އޭނާ ދުނިޔޭގައި ނުހުންނާނެކަން ޔަގީންވުމުން އެކުވެރިން ކައިރީ ބުނެގެން ވަޓްސްއަޕް މެސެޖެއް ތައްޔާރުކޮށް ހުރިހާ މީހުންނަށް އަލްވަދާއު ކިޔާފައި ވެއެވެ. އަދި މި މެސެޖްގައި އޭނާ ވަނީ ކުށެއް ކުރެވިފައިވާނަމަ މާއާފަށް ވެސް އެދިފައިއެވެ.

ތިއޭޓަރު ޑްރާމާތައް ވެސް ކުޅެމުން އަންނަ ސުނިލްގެ ފިލްމީ ކެރިއަރު ފެށީ މީގެ 12 އަހަރު ކުރިންނެވެ.  ނެޝަނަލް އެވޯޑު ހޯދާފައިވާ އިންޑިޔާ ފިލްމެއް ކަމަށްވާ "ގޮޝްތު އެކާ ޕައިތަނީޗީ"އިން ވެސް ސުނިލް ފެނިގެން ގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.