48 އިންސައްތައާއި ހަމައަށްވެސް ދެވިދާނެ، ނަމަވެސް މާޒީން ފެންނާން އޮތީ ގިނިކަންޏާ ނިކުމެ ނުވާތަން: ރައީސް

48 އިންސައްތައާއި ހަމައަށްވެސް ދެވިދާނެ، ނަމަވެސް މާޒީން ފެންނާން އޮތީ ގިނިކަންޏާ ނިކުމެ ނުވާތަން: ރައީސް

2013ވަނަ އަހަރު ބޭއްވި އިންތިޚާބުންވެސް އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުންވެސް ހާމަވީ ކަމަކީ އެމްޑީޕީ ގިނިކަންޏާ ނިކުމެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިޔަށް ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑު ސިޓީގެ މަރަދޫގައި އެމްޑީޕީގެ ޖަގަހައެއް ހުއްޅުއްވާ ދެއްވުމަށްފަހު ސަޕޯޓަރުނާ ވާހަކަ ދައްކަވަމުންނެވެ.

ސ. މަރަދޫގައި ވާހަކަަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެހެން ޕާޓީތަކުގެ އެހީތެރިކަމާއެކީ ކަމަށެވެ.

އަޅުގަނޑަށް ދެވިދާނެ 48 އިންސައްތަ އާ ހަމައަށް ވެސް. ނަމަވެސް 2013 ވަނަ އިންތިހާބު ގެއްލިގެން ދިޔައީ އެންމެ 5،600 ވޯޓުން. ޕާޓީގައި އޭރުގައި ތިބި 41،000 ވޯޓު ދިން. އެއް ލައްކަ ފަސް ހާސް މީހުން މަގުމަތިވެ، 2013 އިން ފެށިގެން 2018 އަށް އުޅެން ޖެހުނު ބިރުވެރިކަމާއި ނާމާންކަން މިއަދު ވެސް ހިތަކުން ފިލައިގެން ނުދޭ.

2013ގަ އިންތިޚާބު ނާކާމިޔާބުނުވެ، އެއަށްފަހު ޕާޓީ މަގުމަތިވީ އެއަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެންޕާޓީތަކާއެކު ކޯލިޝަން ނެހެދުމުގެ ސަބަބުންކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަރަދޫގައި "އެމްޑީޕީ ކުރިއަށް" ކެމްޕޭންގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށްފަހު ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ނަމްބަރު އެމްޑީޕީގައި އެކަނި ނެތްކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕްރައިމަރީ ކާމިޔާބު ކުރާން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް ހުންނަން ވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް. މިއަދު މި ނިންމާ ނިންމުމުން އެއަށް އަސަރު ކުރާނެ. ވިސްނަންވީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކިހިނެއްތޯ. ތާރީހުގެ ތެރޭގައި ކަން ހިނގާފައި އޮތް ގޮތާ މިއަދު ސިޔާސީ މަސްރަހު އޮތްގޮތް ރައްޔިތުންނަށް އެނގޭނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެށުނު މަސައްކަތްތައް ނުނިމި ދާންޖެހުނީ ސަރުކާރު ވެއްޓި އަދި ޖެހިގެން އައި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުމުގެ ސަބަބުން ކަމުގައެވެ. އަދި ޕްރައިމަރީގެ ނަތީޖާ ނިކުންނަ ގޮތަކުން އެފަދަ ހާލަތެއް ކުރިމަތުވެދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *